ސަރުކާރަށް ވަގަށް ގޮވާ ސަބަބު ވަރަށް ސާފު: ހައިލަމް

ސަރުކާރަށް ވަގަށް ގޮވާ ސަބަބު ވަރަށް ސާފު: ހައިލަމް

Author
މުޙައްމަދު ޖިމީ
29 މާރޗް 2021 05:58
0

އެމްޑީޕީގެ ބައެއް މެންބަރުން އެމްޑީޕީގެ ސަރުކާރަށް ވަގަށް ގޮވާ ސަބަބުން ވަރަށް ސާފުކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިސަރުކާރަކީ ވައްކަން ކުރާ ސަރުކާރެއްކަމަށް ތުހުމަތުކުރައްވާ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވަނީ މިއީ ބަރުލަމާނީއާ ދިމާއަށް ވިސްނުން ގެންދަން އެންމެ ރަނގަޅު ވަގުތުކަމަށް ވިދާޅުވެފައެވެ.

އާޒިމްގެ މި ވާހަކަފުޅާއި ގުޅުގެން ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވީ، ސަރުކާރަށް ވަގަށް ގޮވާ ސަބަބު ވަރަށް ސާފުކަމަށެވެ. މިއީ މިއީ، ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަށްފަހު، ދައުރު ދެބައި ނުވަނީސް ކޯލިޝަން ރޫޅާލާ ޤައުމެއްކަމަށާއި، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފިނަމަ އަހަރު ދެކޮޅު ސަރުކާރު ބަދަލުވާނެކަމަށށް ހައިލަމް ވިދާޅުވިއެވެ. އަދި އެކަމުން ރައްޔިތުންނަށް ލިބޭނީ ހުސް ގެއްލުންކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

ސަރުކާރަށް ވަގަށް ގޮވާ ސަބަބު ވަރަށް ސާފު. މިއީ، ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަށްފަހު، ދައުރު ދެބައި ނުވަނީސް ކޯލިޝަން ރޫޅާލާ ޤައުމެއް. ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފިނަމަ އަހަރު ދެކޮޅު ސަރުކާރު ބަދަލުވާނެ. މިކަމުން ރައްޔިތުންނަށް ލިބޭނީ ހުސް ގެއްލުން.

– އަޙްމަދު ޙައިލަމް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޢާޒިމް ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ވައްކަންކުރަމުން ދިއުން އަދިވެސް ނުހުއްޓޭކަމަށެވެ. އާޒިމް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި މައްސަލައެއް އުޅޭކަން ރައްޔިތުންނަށް އެނގޭކަމަށާއި، އެހެންކަމުން މިއީ ބަރުލަމާނީއާ ދިމާއަށް ވިސްނުން ގެންދަން އެންމެ ރަނގަޅު ވަގުތުކަމަށް އާޒިމް ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަކޫން
އަހުން އަޑުަހާފަ އޮތް ގޮތުން ބަރުލަމާނީ ވީމަ މާރަގަޅަށް ކެވޭނެ ކަމަށް ވަނީ . މަޖްލިސްގަޔާ ކެބިނެޓްގަ އެއްބަޔަކު ތިބޭ ކަމަށްވަނީ . އާޒިމްއަކީ ބުއްޅަބޭގެ ކުޅޭއެއްޗެއްތަ އަޅެފަހެ. އަމިއްލަ މީހާގެ އެއްވެސް ވިސްނުމެއް ނެތް މީހާ ފެނުނީމަވެސް އެނގޭ ފުއްޕާ ހަމެކޭ އެއްގޮތް އެތެރޭގަ ހުންނާނީ ވައިކޮޅެއް