ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ޢިމާރާތްކުރި ހިޔާ ފްލެޓްތަކުގައި، މިސަރުކާރު އާއިރު ނިމިފައިވަނީ އެންމެ%44 މަސައްކަތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިީދު ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓްތަކުގެ މައްސަލަ ބެލުމަށް މިސަރުކާރުން އެކުލަވާލި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ކުރި މަސައްކަތްތަރައް ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓާއި ގުޅޭގޮތުން ނޫސްވެރިންނާއި މިއަދު ހިއްސާކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީން މައިގަނޑު ގޮތެއްގައި ބެލީ ތިން ކަމެއްކަމަށެވެ. އެއީ ހިޔާ މަޝްރޫޢޫގެ ދަށޫން ދޫކޮށްފައިވާ ފްލެޓްތަކުގެ މައްސަލަ ބެލުމާއި، މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އޮތްގޮތެއް ބެލުމާއި، އެ ސިޔާސަތުތައް ތަންފީޒްކުރާގޮތް ބެލުންކަމަށެވެ.
ރައީސް ނަޝީދު ވިދާޅޫވިގޮތުގައި މަޖިލީހުގެ ކޮމިޓިން ކުރި މަސައްކަތން ބޯހިޔާވަހިކަމާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބިފައިވާކަމަށާއި، އެގޮތުން ސަރުކާރުން ބޯހިޔާވަހިކަމާއި ގުޅޭގޮތުން އެކި ފަރާތްތަކާއި އެކު އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއްވެސް ހިމެނޭކަމަށެވެ.
ހިޔާ މަޝްރޫޢުއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީށް ނަޝީދު ވިދާޅުވީ، ފްލެޓްތަކުގެ މައްސަލަ ބެލުމަށް ކޮމިޓީއެއް މިސަރުކާރުން އެކުލަވާލ ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުން ރައްޔިތުންގެ މަޖިލީހަށާއި، ސަރުކާރަށް ގިނަ ޝަކުވާތަކެއް ލިބުމުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުގައި ފްލެޓް ލިބުނު މީހުންގެ ލިސްޓް ނެރުނުއިރު ފްލެޓް ދިނުމުގައި އެއްވެސް އުސޫލެއް އެކުލަވާލާފައި ނުވާކަމަށެވެ. އަދި މިސަރުކާރު ހަވާލުވީއިރު ހިޔާ މަޝްރޫޢޫގެ ނިމިފައިވަނީ އެންމެ%44 މަސައްކަތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝިީދު ވަނީ ގެދޮރުވެރިކަމުގެ ގިނަ މަޝްރޫޢުތައް މިހާތަނަށް ހިންގިފައި ނުވަނީ ކުރީގެ ހައުސިން މިނިސްޓަރ އެކަން ރަނގަޅަށް ބަލަހައްޓާފައި ނުވާތީކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ “ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2023-2019 “ގައި ބޯހިޔާވަހިކަމާގުޅޭ މައިގަނޑު ސިޔާސަތުތައް ތަންފީޒު ކުރުމާއި ގާތައްވެސް އަދި މިހާތަނަށް މަސައްކަތް ކުރެވިފައި ނުވާކަމަށް ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން އެކުލަވަލި ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކަކާއި އިދާރާތަކަކާއެކު އެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ކުރިއަށް ގެންދަން ފަށާފައިވާ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ޖުމުލަކޮށް ކުރިއަށް ނުދާކަމަށާއި، އަދި، އެ މަޝްރޫޢުތައް ކުރިއަށްދާ މިންވަރަށް ބަލާއިރު ލަސްތަކެއް ހުރިކަމާއި، އެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތަކާއި ދިމާވެފައިވާ މައްސަލަތައް އަވަހަށް ދެނެނުގަނެވިއްޖެނަމަ، އެ މަޝްރޫޢުތައް ނިންމުމުގައި ލަސްތަކެއް އަންނާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ