އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ނޫން އެހެން ހުރިހާ އެންމެނަކީ ކޮރަޕްޓް ބައެކޭ ވިދާޅުވެ ނަޝީދު މަސައްކަތްކުރައްވަނީ 2023 ގެ އެމްޑީޕީގެ ޓިކެޓް ހޯދުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ހޯދުމަށް ހިންގިކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައާއި ގުޅިގެން ރައީސް ނަޝީދު ވަނީ މިސަރުކާރަކީ ވައްކަންކުރާ ސަރުކާރެއްކަމަށް ވިދާޅުވެފައެވެ. އަދި ވައްކަންކުރާ ސަރުކާރަކާއެކު އެމްޑީޕީން ނޯންނާނެކަމަށްވެސް ރައީސް ނަޝިދު ވިދާލުވެފައިވެއެވެ. މިއާއެކު އެމްޑީޕީގެ އެތެރޭގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެރައީސް ނަޝިދުގެ ވާހަކަފުޅަށް ސަރުކާރުންވެސް ރައްދު ދީފައިވެއެވެ.
ރައީސް ނަޝީދު ވަނީ މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލަށްވެސް ކޮރަޕްޝަންގެ ތުހުމަތުކުރައްވާފައެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދ ުދެއްވާ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވީ، ރައީސް ނަޝީދު ފިޔަވައި އެހެން އެންމެންނަކީ ކޮރަޕްޓްބައެއްކަމަށް ދައްކައިގެން އެމަނިކުފާނު މަސައްކަތްކުރައްވަނީ2023 އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށްކަމށެވެ. ނަމަވެސް އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާގޮތުން 2023 ގެ ރިޔާސީޓިކެޓް ލިބޭނީވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ލަޠީފް ވިދާޅުވިއެވެ.
ވެންޓިލޭޓަރޭ އެހެން އެއްޗެކޭ ކިޔައިގެންވެސް، މީނަނޫން އެހެން އެހެން ހުރިހާ މީހުންނަކީ ކޮރަޕްޝަޕްޓް މީހުން ކަމަށް ދައްކައިގެން، ނަޝީދު މި ޖަހާ ސަކަރާތަކީ 2023ގެ އެމްޑީޕީ ޓިކެޓް ހޯދަންކުރާ ކަމެއް. ބަލަ އެމްޑީޕީގެ އަސާސީ ޤަވާއިދުގަ އޮތް ގޮތުން 2023 ގައިވެސް ނުކުންނަންޖެހޭނީ ޞާލިޙް. ހަމައިގަ ހުރެބަލަ.
– ޢަބްދުއްލަޠީފް މުޙައްމަދު
Ventilator ey ehen echchekey kiyaigenves, meenaa noon ehen hurihaa meehunnakee corrupt meehun kamah dhakkaigen, Nasheed mi jahaa sakaraathakee 2023 ge MDP ticket hoadha kuraa kameh.
Bala MDP ge A.Gavaidh ga oi gothun 2023 ga’ves nukunnan jeheynee Solih.
Hamaiga hurebala.
— Abdul Latheef (@funamalatheef) March 29, 2021
އެމްޑީޕީގެ އެތެރޭގައި ބޮޑު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ރައީސް ނަޝީދުގެ ބައެއް ސިޔާސަތުތަކަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އެޕާޓިގެ މެންބަރުންވެސް އަންނަނީ ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ