ރީކޯ، ނަޝީދަށް: ގުރުބާންކުރަންޖެހޭ މީހާ މިފަހަރު ހުރީ އަތްނުފޯރާ ހިސާބުގަ: ރީކޯ

ރީކޯ، ނަޝީދަށް: ގުރުބާންކުރަންޖެހޭ މީހާ މިފަހަރު ހުރީ އަތްނުފޯރާ ހިސާބުގަ: ރީކޯ

Author
މުޙައްމަދު ޖިމީ
29 މާރޗް 2021 12:55
0

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އުފެދުނީއްސުރެ މިއަދާއި ހަމައަށް އެންމެ ކަމެއް ފިޔަވާ އާކަމެއް ނުހިނގާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދި މަޖިލީހުގެ ރައީސްއާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި ދެމެދު ބަހުގެ ހޫނު ބަހުސްއެއް ހިނގަމުން އަންނަ ދަނިވަޅެއްގައި މޫސާ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އުފެދުނީއްސުރެ މިއަދާ ހަމައަށް އެއްމެ ކަމެއް ފިޔަވާ އާކަމެއް ނުހިނގާކަމަށާއި، އާކަމަކަށް ފެންނަނީ ގުރުބާންކުރަންޖެހޭ މީހާ މިފަހަރު ހުރީ އަތްނުފޯރާ ހިސާބުގަ ގައުމުގެ ވެރިކަމުގަކަމަށެވެ. މޫސަ ވަނީ އިންތިޚާބާ ދިމާކޮށް ޕާޓީއަށް ލިބޭ ފައިސާއާ ދުރުގާ ހުރުމަކީ ފަސޭހަކަމެއްނޫންކަމަށް ވިދާލުވެ ނުސީދާކޮށް ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ.

އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ މަޤާމްތަކަށް ކުރިންބަދަލު އާދޭ، އެއީ އެތެރޭގެ އިންތިޚާބު އަންނައިރު ހުންނަ ޗެއަރޕަރސަންގެ ގޮތުން ޕާޓީގެ ލީޑަރު އުފައްދަވާފާނެ ޗެއަޕަރސަންގެ ނައިބު އިދާރީ އެހިސާބުން ޗެއަފަރސަން ފެނުކައްކާ ބޮއްޔަކަށް ބަދަލަުވީ؟

– މޫސާ މަނިކު

ރީކޯ މޫސަ މިހެން ވިދާޅުވެފައިވާއިރު، އިންތިޚާބު ކައިރިވެފައި ވަނިކޮށް އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދި ރައީސް ނަޝީދު ވަނީ ސަރުކާރަށްވެސް ފަޑުވިދާޅުވެފައެވެ. އެގޮތުން މިސަރުކާރަކީ ވައްކަން ކުރާ ސަރުކާރެއްކަމަށް ތުހުމަތުކުރައްވާ، ވިދާލުވެފައިވަނީ ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ ނޯންނާނެކަމަށެވެ.

ރައީސް ނަޝީދު އިސް މިދިޔަ އަހަރުގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަންވެސް މަސައްކަތްކޮށްފައިވެއެވެ. ރައީސް ނަޝދު ރޭ ވިދާޅުވެފައިވަނީ  ފައްޔާޟް އިސްމާއީލް ފޮރުވަން ކުރާ މަސައްކަތުން ރައީސް “ހަލާކު” ވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ އެވާހަކަފުޅަށް ރައްދުދެއްވާ ރައްޔާޟް ވިދާލުވެފައިވަނީ، އޭނާ “ފޮރުވަން” ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ހުދުމުހުތާރު ނިޒާމެއް އޮތް ނޯތުކޮރެއާއަށް އިޝާރާތްކޮށް ވިދާޅުވީ ރާއްޖޭގައި ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.