އަލަށް ޕްރޮމޯޓް ވި ކާޑިޒް އަތުން ރެއާލް ބަލިވެއްޖެ

އަލަށް ޕްރޮމޯޓް ވި ކާޑިޒް އަތުން ރެއާލް ބަލިވެއްޖެ

Author
އިބްރާހީމް ސާޢިދު
18 އޮކްޓޯބަރ 2020 12:35
0

މި ސީޒަނުގެ ސްޕެނިޝް ލަލީގާގައި އަލަށް ޕްރޮމޯޓްވި ކާޑިޒް އަތުން ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި 1-0 އިން ބަލިވެއްޖެ އެވެ.

މިރޭގެ މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނިޓުގައި ޖެހީ ކާޑިޒް ޓީމަށް ކުޅޭ ހޮންޑިއުރަސްގެ ފޯވާޑް އެންތަނީ ލޮޒާނޯ އެވެ. މިއީ ކާޑިޒް، ލީގުގައި ވާދަކުރާ 13 ވަނަ ސީޒަނެވެ. އަދި މިއީ 2006 ވަނަ އަހަރުގެ ފަހުން، ކެޓެލޯނިޔާ އަށް ނިސްބަތްވާ އެކުލަބުން ލަލީގާގައި ވާދަކުރާ ފުރަަތަމަ ފަހަރެވެ.

ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި 2-0 އިން ސެލްޓަ ވީގޯ ބަލިކޮށްފަ އެވެ. މެޗުގައި އެތުލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ލުއިސް ސުއަރޭޒް އާއި ޔަނިކް ކަރަސްކޯ އެވެ.

ލީގުގައި ސެވިއްޔާ އިން ރަށުން ބޭރުގައި ގްރަނާޑާއާ ކުޅުނު މެޗުން ވަނީ 1-0 އިން ބަލިވެފަ އެވެ. މިރޭ ހޯދި މޮޅާ އެކު އެތުލެޓިކޯ، އަށް ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގައި އޮތްއިރު ސެވިއްޔާ އޮތީ ހަތް ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.

މި މޮޅާ އެކު ކާޑިޒް ވަނީ ރެއާލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު ރެއާލް ލީގުގެ އެއް ވަނައިގައި އޮތްއިރު ކާޑިޒް 10 ޕޮއިންޓް ހަމަކޮށްފައިވަނީ ހަ މެޗު ކުޅެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.