އުތުރު ކޮރެއާގެ ރައީސް އެޤައުމު ހިންގާހެން ޕާޓީއެއް ނުހިންގޭނެ: އަކްރަމް ކަމާލުއްދީން

އުތުރު ކޮރެއާގެ ރައީސް އެޤައުމު ހިންގާހެން ޕާޓީއެއް ނުހިންގޭނެ: އަކްރަމް ކަމާލުއްދީން

Author
މުޙައްމަދު ޖިމީ
28 މާރޗް 2021 03:11
0

ނޯތު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށް ވިދާޅުވެ، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ނުކުރުމަށް ނިންމެވުމާއި ގުޅިގެން އެމްޑީީގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އެގޮތުން ރައީސް ނަޝިދު ފާޅުގައި ސަރުކާރަށް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މިސަރުކާރަށް ނިސްބަތްކުރައްވާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއީ ވައްކަން ކުރާ ސަރުކާރެއްކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝިދުގެ ވާހަކަފުޅުތަކާއި ގުޅޭގޮތުން ވަކި ބޭފުޅެއްގެ ނަން އަމާޒުނުކުރައްވާ އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުތުރު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށެވެ.

އަކްރަމް މިހެން ވިދާޅުވެފައިވާއިރު، އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުން އަކީ ދުނިޔޭގެ އެންމެ ޚުދުމުހުތާރުކޮށް ވެރިކަން ކުރާ ލީޑަރުގެ ގޮތުގެ ދުނިޔެ ސިފަކުރައްވާ ބޭފުޅެކެވެ.

އުތުރު ކޮރެއާއާއި އަޅާކިއުއްވާ އަކްރަމް ފާޑުވިދާޅުވިއިރު، އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު ގެންގުޅުއްވާ ބައެއް ސިޔާސަތުތަކަށް އެޕާޓިގެ ބައެއް މެންބަރުން ފާޑު ވިދާޅުވަމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނުރަބޯ
ނޫނޭ އެއީވެސް ހަމަ ޔެލޯ ޕްރޮޕެގެންޑާ. ހުރިހާ ރީނދޫ ވަގުން ގުޅިގެން ކުރިކަމެއްގައި ކޮން ޚިޔާލު ތަފާތު ކަމެއް އޮންނާނީ....؟
b birubodu
އުތުރުކޮރެއާގެ ލީޑަރު ގެނގުޅުއްވާ ޚުދުމުހުތާރު ގޮތްގަނޑު ކެނެރީގެ ނަޝީދު އެމްޑީޕީ ތެރޭގައި އަބަދުވެސް ގެންގުޅެނީ އަކްރަމް އެވިދާޅުވީ ހަމަ ޙަޤީގީ ތެދުފުޅެއް ވަރަށް ވަރަށް ސާފް އިނގޭތޯ
ބ ބަނަފިުސާތުއްތޫ
ޔަގީން ތިބުނާ އަކުރަމުވެސް ތިހުރީ ވެންޓިލޭޓަރު ފެންފޮދަކާނުލާ ދިރުވާލާފައި ބޮޑުވަގުން