ތަކުރާރުކޮށް ވެރިކަން ލިބުމުންވެސް ހިތުން ރުހުމުން ވެރިކަމުގަ އޮންނަނީ ގިނަވެގެން 3 އަހަރު: ރީކޯ

ތަކުރާރުކޮށް ވެރިކަން ލިބުމުންވެސް ހިތުން ރުހުމުން ވެރިކަމުގަ އޮންނަނީ ގިނަވެގެން 3 އަހަރު: ރީކޯ

Author
މުޙައްމަދު ޖިމީ
28 މާރޗް 2021 02:54
0

ބައެއް ޕާޓިތަކަށް ތަކުރާރުކޮށް ވެރިކަން ލިބުނަސް، ހިތުން ރުހުމުން ވެރިކަމުގަ އޮންނަނީ އެންމެ ގިނަވެގެން 3 އަހަރުކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ) ނުސީދާކޮށް އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.

މޫސާ މަނިކު ވިދާޅުވީ، ވެރިކަމުގެ ދައުރަކީ 5 އަހަރު ދުވަސް ނަމަވެސް ތަކުރާރުކޮށް ވެރިކަން ލިބުނަސް ބައެއްޕާޓީ ހިތުންރުހުމުން ވެރިކަމުގާ ދެމިއޮންނާނީ ދިގުވެގެން 3 އަހަރުގެމުއްދަތަށްކަމަށެވެ. އަދި އެގޮތަށް ޤާނޫނު އަސާސީއަށް އިޞްލާހެއް ގެނައުމުން އެޕާޓިއެއްގެ މަޤްޞަދު ޙާސިލް ވެދާނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސާ މަނިކު އެމްޑީޕީއަށް ފާޑުވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، މިސަރުކާރަށް ފަޑުވިދާޅުވުމުންނެވެ. ވެރިކަން ކުރާ މައި ޕާޓީގެ ރައީސް ސަރުކާރަށް ފާޑުވިދާޅުވެ ވަނީ މިއީ ވައްކަން ކުރާ ސަރުކާރެއްކަމަށާއި، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ ނޯންނާނެކަމަށް ވިދާޅުވެފައެވެ.

މިސަރުކާރުގެ ދައުރު ދެބައިވެފައިވަނިކޮށް ސަރުކާރާއި، ރައީސް ނަޝީދާއި ޚިޔާލު ތަފާތުވުން އުފެދި ބައެއް ކަންކަމުގައި ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ބައެއް ޕާޓީތަކުން ހިތުން ރުހުމުން ވެރިކަމުގައި އޮންނަނީ އެންމެ ގިނަވެގެން 3 އަހަރުކަމަށް މޫސާ މަނިކު ވިދާޅުވެފައިވާާއިރު، އެމްޑީޕީގެ ފުރަތަމަ ވެރިކަންވެސް ވެއްޓުނީ 3 އަހަރާއި ތިން މަސް ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.