ރ.މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ، އިދިކޮޅު ކޯލިޝަނުން ޖެންޑާ މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ކުރަމުންދާއިރު، މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ މިކަމާއި ގުޅޭ ސިޓީއެއް ޖެންޑާ މިނިސްޓަރަށް ރައްދު ކުރުމަށެވެ. ނަމަވެސް މިހާތަަނަށް ސިޓީ ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނުވާކަމަށް އެއްވި މީހުން ދަނީ ބުނަމުންނެ. އެއްވި މީހުން ދަނީ ޖެންޑާ މިނިސްޓަރީ މިފަދަ މައްސަލަތައް ވީހާވެސް އަވަހަށް ބެލުމަށް ގޮވާލަމުންނެވެ.

މިއަދުގެ މުޒާހަރާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރޭޕްގެ ޝިކާރައަކަށްވި ކުއްޖާ މިކަމުގައި ޝަމިލުވާ މީހުންގެ ނަންތައް ހާމަކުރަމުންދާކަމަށް މައުލޫމާތު ލިބޭއިރު، އެމީހުން ދޫކޮށްފައި ތިބުމަކީ ލިބޭ ވަރަށް ބޮޑު ނުތަނަވަސް ކަމެއްކަަމަށެވެ. އަދި މިކަމުގައި ސަރުކާރުން މިހާތަނަށް އަަމަލު ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިމައްސަލާގައި ވާހަަކަ ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާން ހީނަ ވަލީދު ވިދާޅުވީ އަންހެން ކުދިންނަށް ކުރާ މިފަދަ އަނިޔާތަކާއި ދެކޮޅަށް އަޑު އުފުލަން ނިކުތުމުން އެކަން ބަލައި ނުގަނެވުމަކީ މިނިސްޓްރީއެއްގެ ޒިންމާދާރުކަން ކުޑަކަން ހާމަވާ ކަމެއްކަމަށެވެ. އަދި މީގެ ކުރިންވެސް ޖިންސީ ޝިކާރައިގެ މިފަދަ މައްސަލައެއްގައި ސިޓީއެއް ހުށަހަޅަން އެދުމުންވެސް އެފުރުސަތު ދީފައި ނުވާކަމަށް ހީނާ ވިދާޅުވިއެވެ. އެއްވި މީހުންދަނީ ޖެންޑާ މިނިސްޓަރާއި ރައީސް ޞާލިހު އިސްތިއުފާއަށް ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ