ވިނަރެސް ޓަވަރެއްގެ ކަރަންޓު ފޮށިތަކުން ކޮޕަރ ވަގަށްނެގި މީހަކު ހައްޔަރު ކޮށްފި

ވިނަރެސް ޓަވަރެއްގެ ކަރަންޓު ފޮށިތަކުން ކޮޕަރ ވަގަށްނެގި މީހަކު ހައްޔަރު ކޮށްފި

Author
އަހުމަދު
09 ޖުލައި 2026 08:28
0

ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ވިނަރެސް 9 ވަނަ ޓަވަރުގެ ދެވަނަ ފަންގިފިލާގައި ހުރި ކަރަންޓު ފޮށިތަކަށް ގެއްލުންދީ، ކޮޕަރ ފޮތިތައް ވަގަށްނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ، ލުކިންގްލާސް، ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ވަނީ މިދިޔަ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ބެލި ބެލުމުން، ޓަވަރުގެ ދެވަނަ ފަންގިފިލާގައި ހުރި ކަރަންޓު ފޮށިތަކަށް ގެއްލުންދީ، އަރތު ނަރުތައް ބުރިކޮށްލައި، ކޮޕަރ ފޮތިތައް ވަގަށްނަގާފައިވާ ކަން ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.