ސުއޭޒް ކެނަލްއަށް ބޯޓު ހުރަސްވީ ހަމައެކަނި މޫސުން ގޯސްވުމަކުން ނޫން!

ސުއޭޒް ކެނަލްއަށް ބޯޓު ހުރަސްވީ ހަމައެކަނި މޫސުން ގޯސްވުމަކުން ނޫން!

Author
މުޙައްމަދު ޖިމީ
28 މާރޗް 2021 01:40
0

ދުނިޔޭގެ ބޮޑެތި ޝިޕިންލައިންތައް އެކި ކަންކޮޅުތަކަށް މުދާ ސަޕްލައި ކުރުމަށް ބޭނުން ކުރާ ސުއޭޒް ކެނަލްގައި ހުރަހަށް ވާގޮތަށް ކޮންޓެއިނަރު އުފުލާ ބޮޑު އާގު ބޯޓު ތާށިވީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ބުނެވެން ނެތްކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ސުއޭޒް ކެނަލްއަށް ހުރަސްވި ބޯޓް ފުންކުރުމަށް މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފައެވެ.

އެމްވީ އެވަރ ގިވެން ނަމަކަށް ކިޔާ، ދުނިޔޭގެ އެންމެ ބޮޑު އާގު ބޯޓުތަކުގެ ތެރޭގައި ހިމެނޭ މިބޯޓު ސުއޭޒް ކެނަލްގައި ހުރަސް ވުމުގެ ސަބަބުން އެމަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުދާ ގެންދިއުމަށް ވަނީ ގޮންޖެހުމަކާ ކުރިމަތިިލާންޖެހިފައެވެ.

މި ހާދިސާއާއި ގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރަބީ ވިދާޅުވީ 400 މީޓަރުގެ ދިގުމިނުގެ އާގު ބޯޓު ބީހެން މެދުވެރިވި މައިގަނޑު ސަބަބަކީ މޫސުން ގޯސްވުންކަމަށް ބުނެވެން ނެތްކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ފެންނަނީ އެގޮތަށްކަމަށެވެ. އުސާމާ ވިދާޅުވީ މި ހާދިސާ މެދުވެރިވުމުގައި ޓެކްނިކަލް މައްސަލަތަކެއް ނުވަތަ ހިއުމަން އެރާއެއް އުޅުމަކީ ގާތްކަމެއްކަމަށާއި، މިކަމާއި ބެހޭ ތަހުޤީޤީ ރިޕޯޓު އާއްމުވުމުން ހުރިހާ ކަމެއް ސާފުވާނެކަމަށްވެސް އުސާމާ ވިދާޅުވިއެވެ.

މުޅި ދުނިޔޭގައި، ކަނޑު ހުރަސްކޮށް އުފުލޭ ކާރގޯގެ %12 އުފުލުމަށް ބޭނުންކުރެވޭ މި މަގު ބަންދު ވެފައި އޮތުމުގެ ސަބަބުން، ކޮންމު ދުވަހަކަށް، އޭޝިއާ އަދި ޔޫރަޕާ ދެމެދު އުފުލޭ 9.6 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ގާކޯ އޭގެ މަންޒިލްތަށް ފޯރުކޮށް ނުދެވި ދަނީ ހިފެހެއްޓެމުންނެވެ. މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީން ބުނީ ހޮނިހިރުދުވަހާ ހަމައަށް 300 އަށްވުރެ ގިނަ އުޅަނދު ސުއޭޒް ކެނަލްއަށް ވަނުމަށް ކިޔޫގައި އެބައޮތްކަމަށެވެ.

ސުއޭޒް ކެނަލްއަށް ހުރަސްވެފައިވާ ބޯޓުގައި ރާއްޖެއަށް ރަމަޟާންމަހަށް ގެނަ ގިނަ ޢަދަދެއްގެ މުދާ ހުރިކަމަށް ރާއްޖޭގެ ވިޔަފާރިވެރިންވެސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

D Dhiyau
Boatuge mi noohugai liyefa oiyvva mi fennanee nubaikoh
ދ ދިޔާ
ލިޔެފަ އޮތީ ރަނގަޅަށް