ދިވެހި ސިވިލްސާވަންޓުންނަށް ނިސްބަތް ކުރައްވައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަތަކަކީ ހޯރަފުށީ ދާއިރާގެ ރައްޔިތުންނަށައި، ދިވެހި ސިވިލްސާވަންޓުންނަށް ކުރެއްވި ވަރަށްބޮޑު މަލާމާތެއް ކަމުގައި ޓީޗާސް އެސޯސިއޭޝަނުން ބުނެފިއެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި "ސިވިލް ސަރވަންޓުންނަކީ ވަޒީފާ ބަޔާނުގައި ސޮއި ކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުން ލައިގެން ތިބެންޖެހޭނެ ބައެއް" ކަމަށް ބުނެ ދައްކައިފައިވާ ވާހަކަތައް ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަލީމްގެ ވާހަކަކީ ވަރަށް ގިނަ ބަޔަކަށް ކުރި މަލާމަތެއް ކަމަށެވެ.
ސިވިލްސަރވަންޓުގެ ހިތުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭނެފަދަ ގޮތްގޮތަކަށް އަޙްމަދު ސަލީމް ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ފިނޑި ޢަމަލެއް. ޓީޗާސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭ މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުން ތަންމިނަށް ހުޅުވައި ދޭނެ ކަމަށް ވަޢުދުވާ ޕާޓީއެއް ތަމްސީލު ކުރާ މެމްބަރަކަށްވެހުރެ ސަލީމު މި ދެއްކި ވާހަކައަކީ ޕާޓީގެ އެންމެހައި މެމްބަރުންނަށާއި އޭނާ ނިސްބަތްވާ ހޯރަފުށީ ދާއިރާގެ އެންމެހައި ރައްޔިތުންނަށާއި ދިވެހި ސިވިލް ސަރވަންޓުންނަށް ކުރި މަލާމާތެއް ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ޑިމޮކްރަސީ ފައްކާވަމުންދާ ދުވަސްވަރެއްގައި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް ކަށަވަރު ކޮށްދޭން އޮތް، ދައުލަތުގެ އެންމެ މުހިންމު އެއް ބާރަކީ، ރައްޔިތުންގެ މަޖިލިސް ކަމަށް ވީ ހިނދު، ރައްޔިތުންގެ ޙައްޤުތައް އުނިވާ ފަދަ ގޮތަކަށް، ޑިމޮކްރެޓިކް ޕާޓީއަކަށް ނިސްބަތްވެ ހުރެ، ރައްޔިތުންގެ މަޖިލީހާމެދު ސިވިލްސަރވަންޓުގެ ހިތުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭނެފަދަ ގޮތްގޮތަކަށް އަޙްމަދު ސަލީމް ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ފިނޑި ޢަމަލެއް ކަމަށް ވެސް ޓީޗާސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
މިދިޔަ ހަފްތާގައި، ރައްޔިތުންގެ މަޖިލީހުގައި، ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ސަލީމު، ސިވިލް ސާވިސް މުވައްޒިފުންގެ އަސާސީ ހައްގުތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ސަބަބުން، އެވާހަތަކަށް އެތައް ބައެއްގެ ނުރުހުން އަމާޒު ވެގެން ދިޔައެވެ.
އޭނައަކީ ފޭސްލެސް މީހެއްގެ ގޮތުގައި ތަޖުރިބާކާރުން ބުނަނީ، އޭނައަކީ އަޑެއްނެތް މީހެއް، އޭނައަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ކައްވަޅަށް ދާންދެން އަގަމަޑުން ލައިގެން ހުންނަން ޖެހޭ މީހެއް.
– ސަލީމް ވިދާޅުވިއެވެ.
ސިވިލް ސާވިސް މުވައްޒަފުންނަކީ، ވަކި ޕްރޮފެޝަންއެއްކަމުގައި ވިދާޅުވެ، އެ ދާއިރާ ރެގިއުލޭޓް ކުރަންޖޭކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުން، ސިވިލްސާވިސް މުވައްޒަފުންގެ ދޫ ބަންދުވެ، ހަތަރެސް ފައިގައި ބިޑި އެޅުވިގެން ދާންޖެހޭކަމަށް، އެވާހަކަތަކުން ވަރަށް ބޮޑަށް ސިފަވެގެން ދާކަަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ