ތިނަދުއިން 5 މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް

ތިނަދުއިން 5 މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް

Author
މުޙައްމަދު ޖިމީ
27 މާރޗް 2021 08:40
0

ތިނަދޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށްވެސް މޮޮނިޓަރިންއަށް ލައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނީ ކޯވިޑްގެ އަލާމާތްތައް ހުރެގެން އެރަށު ފްލޫކުލިނިކަށް ދެއްކި ފަސް މީހަކު ޕޮޒިޓިވްވެފައިވާކަަމށެވެ. އެހެންކަމުން އެރަށް މިހާރު މޮނިޓަރިންއަށް ލާފައިވާކަމަށް އެޗްއީއޯސީން ބުންޏެވެ.

އެހެންކަމުން ތިނަދޫއަށް އަރައި ފޭބުން މިވަގުތު ވަނީ މަނާކޮށްފައެވެ. އަދި ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެޗްއީއޯސީން ބުންޏެވެ.

ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އިތުރުން ދެކުނުގެ ބައެއް ރަށްތަކުން ކޯވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނި ވަނީ މޮނިޓަރިންއަށް ލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.