ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު ފެނުމާއިގުޅިގެން ޅ.ހިންނަވަރުވެސް މޮނިޓަރިންއަށް ލައިފިއެވެ.
އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ބަލީގެ ޢަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހެކެވެ. އެޗްޕީއޭއިން ބުނީ، ހިންވަރުން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސްކުރުމަށާއި ޕޮޒިޓިވްވި ކޭސްއާގުޅިގެން ބަލަންޖެހޭކަންކަން ބަލަމުންދާކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެއީ އެއްވެސް ކްލަސްޓާއަކާއި، ނުވަތަ ޕޮޒިޓިވް މީހަކާއި ދިމާވެފައިވާ މީހެއްކަން ދެނެގަނެވިފައި ނުވާކަމަށް އެޗްޕީއޭއިން ބުންޏެވެ.
ޅ.ހިންނަވަރު މޮނިޓަރިންއަށްލައި، އެރަށަށް އަރައި ފޭބުން ނަމާކޮށްފައިވާއިރު، އެއަތޮޅު ނައިފަރާއި ފެލިވަރުންވެސް ބަޔަލު ޕޮޒިޓިވެ ވަނީ މޮނިޓަރިންއަށް ލާފައެވެ.
ކޮމެންޓު ފޮނުވާ