ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނާކަށް ނޭދޭނެ: ނަޝީދު

ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނާކަށް ނޭދޭނެ: ނަޝީދު

Author
މުޙައްމަދު ޖިމީ
27 މާރޗް 2021 12:33
0

ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނާކަށް ނޭދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ރައީސް ރައީސް ނަޝީދު ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލަ މަތިޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑުކަމަށެވެ. އަދި ސަރުކާރު މިކަމުގައި ބައިވެރިވާތަން ފެންނަކަމަށާއި، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނާކަށް ނޭދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަންކަން ބަދަލުވާންޖެހޭ އަދި ރައްޔިތުންނާ އެކުގައި އަޅުގަނޑު މިކަމުގައި ދޫދޭކަށް ނެތިން.

– ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާކުރެވޭނެ މިންވަރާއި ގާތަށްވެސް ހެކި ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. މި މައްސަލާގައި ރައީސް ނަޝީދު ވަނީ ޕީޖީ ޝަމީމް އިސްތިއުފާދެއްވުމަށްވެސް ގޮވާލައްވާފައެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބު ހާމަކުރައްވައި ޕީޖީ ޝަމީމް ކުރިން ވިދާޅުވީ ޤާނޫނާއި ޚިލާފް ކޮންމެ ކަމަކީ ކޮރަޕްޝަނަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް ވަކި މަންފާއެއް އެކަމުގައި އެކުލެވޭނަމަ އެކަމެއް ކޮރަޕްޝަނަށް ވާނެކަމަށެވެ. ޕީޖީ ވިދާޅުވީ އެއޮފީހުން މަސައްކަތް ކުރަނީ އިދާރީ ގޮތުން މިކަމުގައި އަމަލުކޮށްފައިވާ މީހުން އަމަލުކޮށްފައިވާ ގޮތެއް ބެލުމަށް ނޫންކަމަށެވެ. އެއޮފީހުގެ ޒިންމާއަކީ ޖިނާއީ ގޮތުން މިމައްސަލާގައި ދައުވާ ކުރެވޭނެ ހާލަތެއް އޮތްތޯ ބެލުންކަމަށެވެ. ނަމަވެސް އޭސީސީން ފޮނުވާފައިވާ ތަހުގީގަށް ބަލައި މިމައްސަލާގައި ދަޢުވާ ކުރެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Muhamadhuhalieemu
Mifaharu. Thiothiee. Hama Athahgovaafa Rayathun nah. An Badhaku olhuvayenuleveeya Abadhaku hadhaadhogah Kethenukureveyne. Mihaarukalegeya kiyaviee... Auletdhobeyenuo.. Kiyanviee..thin.dhogube...hayhdhogube DHO.3.GUBE..7.DHOGUBE MIYAFAHU ANIYAKINANTHMI DHANAVAALIEE