ޕީޖީ ޝަމީމް އިސްތިއުފާދެއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ޕީޖީ ޝަމީމް އިސްތިއުފާދެއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
27 މާރޗް 2021 12:00
0

ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށްބޭނުންވާ ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރާ މައްސަލާގައި، ދައުވާ ނުކުރުމަށް ކުރިން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވި ނިންމެވުމާއި ގުޅިގެން، ޕީޖީ ޙުސައިން ޝަމީމް އިސްތިއުފާދެއްވަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލާގައި ދައުވާކުރެވޭވަރާއި ގާތަށްވެސް ހެކި ނެތްކަމަށް ޕީޖީ ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެ މައްސަލާގެ އުންސުރުތައް ފުރިހަމަ ނުވާކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.

މި މައްސަލަ މުރާޖާކުރުމަށްފަހު އަލުން ދައުވާކުރުމަށް މަޖިލީހުން ޕީޖީއަށާއި، އޭސީސީއަށް އެންގުމާއި ގުޅިގެން އަލުން އެ މައްސަލަ މުރާޖައާކޮށްގެންވެސް ޕީޖީވަީ ދައވާ ނުކުރުމަށް ނިންމާފައެވެ. މިކަމާއި ހިތްޕުޅު ހަމަޖެހިވަޑައިނުގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައި، ވެންޓިލޭޓަރު ވައްކަން ބެލުމަށް ޕީޖީ ފެއިލްވެފައިވާކަަމށް ވިދާޅުވެ އިސްތިއފާދެއްވުމަށް ގޮވާލައްވާފައެވެ.

ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ވަނީ ފައިސާ ދީފައި، އެހެން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭ. ދެން ކޮން އުންސުރެއް ކިޔާކަށް

– ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ޕީޖީ އިސްތިއުފާދެއްވުމަށް މަޖިލީހުގެ ރައީސް ނަޝިދު ގޮވާލެއްވ ގޮވާލެއްވުމަށް މިއަދު ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ޝަމީމް ވިދާލުވީ، ރައީސް ނަޝިދު އެމަނިކުފާނަށް އިސްތިއުފާދެއްވުމަށް މެސެޖެއްވެސް ކުރައްވާފައިވާކަމަށެވެ. ޕީޖީ ވިދާޅުވީ، އިސްތިއުފާދެއްވަން ޖެހިވަޑައިގެންފިނަމަ އެކަން ކުރައްވާނެކަމަށެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބު ހާމަކުރައްވައި ޕީޖީ ޝަމީމް ކުރިން ވިދާޅުވީ ޤާނޫނާއި ޚިލާފް ކޮންމެ ކަމަކީ ކޮރަޕްޝަނަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް ވަކި މަންފާއެއް އެކަމުގައި އެކުލެވޭނަމަ އެކަމެއް ކޮރަޕްޝަނަށް ވާނެކަމަށެވެ. ޕީޖީ ވިދާޅުވީ އެއޮފީހުން މަސައްކަތް ކުރަނީ އިދާރީ ގޮތުން މިކަމުގައި އަމަލުކޮށްފައިވާ މީހުން އަމަލުކޮށްފައިވާ ގޮތެއް ބެލުމަށް ނޫންކަމަށެވެ. އެއޮފީހުގެ ޒިންމާއަކީ ޖިނާއީ ގޮތުން މިމައްސަލާގައި ދައުވާ ކުރެވޭނެ ހާލަތެއް އޮތްތޯ ބެލުންކަމަށެވެ. ނަމަވެސް އޭސީސީން ފޮނުވާފައިވާ ތަހުގީގަށް ބަލައި މިމައްސަލާގައި ދަޢުވާ ކުރެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.