ދައުލަތުގެ މުއައްސަސާތައް ކުއްޖާއަށް ބިރުވެރިތަނަކަށްވުމުން، ދެވޭނީ ކޮންރައްކާތެރިކަމެއް: ޝިޔާމް

ދައުލަތުގެ މުއައްސަސާތައް ކުއްޖާއަށް ބިރުވެރިތަނަކަށްވުމުން، ދެވޭނީ ކޮންރައްކާތެރިކަމެއް: ޝިޔާމް

Author
މުޙައްމަދު ޖިމީ
27 މާރޗް 2021 11:25
0

މަޑުއްވަރީގައި ކުޑަ އަންހެންކުއްޖަކު ރޭޕްކުރި މައްސަލާގައި، އެކުއްޖާއަށް ދައުލަތުގެ މުއައްސަސާތައް ބިރުވެރިތަނަކަށް ވެފައިވާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރޭޕްގެ ޝިކާރައަކަށްވީ ކުއްޖާއަށް ރައްކާތެރިކަންދީ ހާލަތު ބަލަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވުމުން އެކަމަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވީ، އެކުއްޖާއަށް ދައުލަތުގެ މުއައްސަސާތައް ބިރުވެރިތނަކަށް ވެފައިވާއިރު، ދައުލަތުގެ މުއައްސަސާތަކުން ދެވޭނެ ރައްކާތެރިކަމަކީ ކޮބައިތޯ ސުވާލު އުފެދޭކަމަށެވެ.

ކުއްޖާއަށް ދައުލަތުގެ މުއައްސަސާތައް ބިރުވެރި ތަންތަނަށް ވީހިނދު، ދައުލަތުގެ މުއައްސަސާއަކުން ދެވޭނެ ރައްކާތެރިކަމަކީ ކޮބައިތޯ ސުވާލު އުފެދޭ.

– ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ރޭޕްކުރި ކަމުގެ ތުހުމަތުގައިމިހާތަނަށް ފުލުހުން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް އަނިޔާ ލިބުނު ކުއްޖާ މާލެ ގެނެސް، ބަލަންޖެހޭ ކަންކަން ބަލަމުންދާނެކަމަށް ފުލުހުން ރޭ ބުނެފައިވެއެވެ.

މަޑުއްވަރީގައި ޢުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭ ޕްކުރިކަމުގެ ތުހުމަތު އެރަށުގެ ފުލުހަކަށާއި، ޓީޗަރަކަށާއި އެނޫން ބައެއް މީހުންގެ މައްޗަށްވެސް ކުރެއެވެ. މިމައްސަލާގައި މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާތީ އެރަށު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާ ކުރަމުންނެވެ. ފުލުހުން ވަނ މުޒާހަރާކުރި މީހުންގެ ތެރެއިން 10 މީހަކު ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.