އައުރަ ވާނީ އައުރައަށް، ޖަންގިޔާ ލައިގެން ތިމާގެ ހަށިގަނޑު ދެއްކުމަކީ ލަދުވެތިކަމެއް: ޒައިދު

އައުރަ ވާނީ އައުރައަށް، ޖަންގިޔާ ލައިގެން ތިމާގެ ހަށިގަނޑު ދެއްކުމަކީ ލަދުވެތިކަމެއް: ޒައިދު

Author
މުޙައްމަދު ޖިމީ
27 މާރޗް 2021 11:00
0

ބޮޑީ ބިލްޑިން ވިޔަސް، ކޮންމެ އެއްޗެއްވިޔަސް "އައުރަ" ވާނީ ހަމަ އައުރައަށްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މިސްޓަރ މޯލްޑިވްސް ހޮވުމަށް އޮލިމްޕަހުގައި ޚާއްޞަ ހަރަކާތެއް ބާއްވާފައިވާއިރު، އެ މަޤާމަށް ވާދަކުރާ މީހުން ތިބެނީ ހަށިގަނޑުގެ ބޮޑު ބައެއް ފެންނަ ގޮތަށެވެ. މީގެ ކުރިންވެސް މިސްޓަރ މޯލްޑިވްސް ހޮވުމަށް ބާއްވާ ހަރަކާތަށް ޢިލްމުވެރިންގެ ފާޑުކިއުން އަމާޒުވެއެވެ. އެގޮތުން ރޭ މިސްޓަރ މޯލްޑިވްސް ހޮވުމަށް ބޭއްވި ހަރަކާތަށް ފާޑުވިދާޅުވެ މަޝްހޫރި ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވީ، އައުރަ ވާނީ އައުރައަށްކަމަށެވެ.

ބޮޑީ ބިލްޑިން ވިޔަސް ކޮންމެ އެއްޗެއްވިޔަސް "އައުރަ" ވާނީ އައުރައަށް! އައުރަ ފާޅު ކުރުމަކީ ހުއްދަ ކަމެއްނޫން! ފިރިހެނެއްގެ އައުރަ އަކީ ފޫޅާ ކަކުލާ ދެމެދު! ވީމާ އިސްލާމުން ޖަންގިޔާ ލައިގެން އެހެން މީހުން ކުރިމަތީ ތިމާގެ ބޮޑީ ހުށައެޅުމަކީ ލަދުވެތިކަމެއް!

– މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު

މިސްޓަރ މޯލްޑިވްސް ހޮވުމަށް ބޭއްވި ރޭ އޮލިމްޕަސް ސިނަމާގައި ބޭއްވި 19 ވަނަ ޤައުމީ ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.