"އަސްލަން"އާއެކު އައްޑޫއަށް އުފާވެރިކަން

"އަސްލަން"އާއެކު އައްޑޫއަށް އުފާވެރިކަން

Author
މުޙައްމަދު ޖިމީ
26 މާރޗް 2021 04:37
0

އަމިއްލަ ފަރާތަކުން އައްޑޫއަށް ގެނައި އަސްތައް މިހާރު ރާއްޖޭގެ މާހައުލަށް އަންނަނީ ހޭނެމުންނެވެ. އައްޑޫގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ތިބީ އެ އަސްތައް ދުއްވާލާ ފޮޓޯ ނެގޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެގޮތުން އިއްޔެ އަކީ އައްޑޫއަށް އުފާވެރި މާހައުލެއް ގެނުވި ދުވަހެކެވެ. އެކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުންވެސް އެނގެއެވެ.

އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި "އަސްލާން"އާއެކު އިއްޔެގެ ހަވީރ،ު ވަގުތު ހޭދަކޮށްލުމަށް ހުޅުވާލި ފުރުޞަތުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު އަސް ދުއްވާލުމުގެ ޝަޢުގުވެރިކަމާއެކު އެތަނަށް ދިޔައެވެ. އައްޑޫ ފޭދޫ ހިތްގައިމު ސަންސެޓް ބީޗުގައި އަސް ދުވާލުމަށް 30 ފަރަތަކަށް ފުރުޞަތު ދީފައިވެއެވެ. "އަސްލާން"އާއެކު ވަގުތު ހޭދަކުރި އެތައް ކުދިންނެއްގެ މޫނުމަތިން ހިނިތުންވުން ފެނިގެންދިޔައެވެ.

އަސްތައް ބަލަހައްޓާ ސަދަން ސްޓޭލިއަންސް އިން ބުނީ އަސް ދުއްވާލުމަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. 

ސަދަން ސްޓޭލިއަންސް އިން ބުނީ ކުރިއަށް އޮތްތާ "ސޯފީ"ވެސް ބޭރަށް ނެރޭނެކަމަށެވެ. އަދި ހުރިހާ އަސްތަކެއްވެސް ދުއްވުމުގެ ފުރުޞަތު ހުޅުވާލާނެކަމަށްވެސް އެފަރާތުން ބުންޏެވެ.

އަސް ދުއްވާލުމަށް ހުޅުވާލި ފުރުޞަތާއެކު އޭގެ އެންމެ ހިތްގައިމުކަން ގެނުވީ އަސްދުއްވާ މަންޒަރު ދައްކުވައިދޭ ފޮޓޯ ތަކުންނެވެ. އިރުއޮއްސޭ މަންޒަރާއި ހަވީރުގެ ރީތިކަން ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ.

އަސްތައް ބަލާލުމަށާއި ދުއްވާލުމުގެ ފުރުޞަތު ދެނީ ކުޑަ ފީއެއް ނެގުމަށްފަހުއެވެ. ނަމަވެސް ވަރަށް ކުޑަ އަގަކަށެވެ. އެގޮތުން އަސްތައް ބަލާލުމަށް އަސްތައް ބައިތިއްބާތަނަށް ވަދެވެނީ 20 ރުފިޔާއަށެވެ. އަދި އަސް ދުއްވާލުމުގެ ފުރުޞަތު ދެނީ 150 ރުފިޔާއަށެވެ.

އައްޑޫގައި ހުޅުވާލި އަސް ދުއްވުމުގެ ފުރުޞަތާއެކު ރާއްޖޭގެ އެހެން ސަރަަހއްދތަކުންވެސް އައްޑޫއަސް މީހުން ދާނެކަމަށް ވަނީ ބެލެވިފައެވެ.އަސްތައް ބަލަހައްޓާ ފަރާތުންވެސް ވަނީ ކޯވިޑް-19އަށް ފެތުރުން ހުއްޓި ދަތުރުފަތުރުކުރުމުގެ ފެސޭހަކަން ލިބުމުން އަސްތަކާއެކު ފެނަނަ މަންޒަރު މާއުފާވެރިވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.