ޚިޔާލުފާޅު ކުރުމުގެ ހައްޤަކީ ހަނިކުރެވޭނެ ހައްގެއްނޫން: އެމްއެޗްޕީޔޫ

ޚިޔާލުފާޅު ކުރުމުގެ ހައްޤަކީ ހަނިކުރެވޭނެ ހައްގެއްނޫން: އެމްއެޗްޕީޔޫ

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2021 08:18
0

ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ އެއްވެސް ހާލަތެއްގައި ހަނިކުރެވޭނެ ހައްގެއް ނޫންކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ބުނެފިއެވެ.

ސިވިލްސާވަންޓުންނާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށީ ދާއިިރާގެ މެމްބަަރު އަހުމަދު ސަލީމް ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެވާހަކަތައް ކުއްވެރިކުރަމުންނެވެ. ސަލީމްގެ ވާހަތައް ކުއްވެރި ކޮށް ދިވެހި ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ބުނެފައިވަނީ ސަލީމްގެ ވާހަތަކަކީ ވަރަށް ދަށު ރަޖައިގެ ވާހަކަތަކެއްކަމަށެވެ. އަދި މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިއީ ބަލައި ގަނެވޭނެ ވާހަތަކެއް ނޫންކަމަށް ބުނެފައެވެ.

އެޔޫނިއަނުން ބުނެފައިވަނީ ޚިޔާލު ފާޅު ކުރުމާއި، ބަސްބުނުމުގެ މިނިވަންކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ހަައްގަކަށްވާއިރު އެހައްގުން މަހުރޫމްވާގޮތަށް އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަމަށެވެ. އަދި އެކަން ހަނި ކުރުމަކީ ޤާނޫނު އަސާސީން ޖާގަދޭ ކަމެއް ނޫންކަމަށް އެ ޔޫނިއަން ބުނެފައިވެއެވެ.

މަޖްލިސް ފްލޯގައި، ދިވެހި ސިވިލްސާރވަންޓުން އަށް ނިސްބަތްކޮށް، ދައްކާފައިވާ ވާހަކަތައް ކުށްވެރިކުރަމެވެ. ގާނޫނު އަސާސީ އިން އެންމެހައި ދިވެހިންނަށް، ލިބިދީފައިވާ, ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ އެއްވެސް ހާލަތެއްގައި ހަނިކުރެވޭނެ ހައްގެއް ނޫނެވެ.

– ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ބުނެފައިވެއެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަގައިން ނުބުނެވޭނެ މީހެއް ކަމަށާއި، އޭނާ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންހާ ވާހައެއް ނުދެއްކޭނެކަމަށް ސަލީމްވަނީ ވިދާޅުވެފައެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ވާންޖެހެނީ “ފޭސް ލެސް” ނުވަތަ މޫނެއް ނެތް ބަޔަކަށް ކަމުގައިވެސް ސައްލެ ވަނީ ސިފަކުރައްވާފައެވެ. މިވާހަކަތާއި ގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވިއިރު ފަހުން އޭނާ ވަނީ އެކަމަށް މަޢާފަށް އެދިފައެވެ. ނަމަވެސް ދެއްކި ވާހަތަކުގައި އޭނާ ވަނީ ދިފާއު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.