އަންނައަހަރު ގަތަރުގަ އޮންނަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށް ކުޅުނު ޔޫރަޕުގެ ގުރޫޕްތަކުގެ ތެރެއިން ސާބިޔާ ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކޮށްފިއެވެ.
ރިޕަބްލިކް އޮފް އަޔަލެންޑްގަ ކުޅުނު ކޮލައިފައިންގެ ފުރަތަމަ މެޗު ސާބިޔާއިން ކާމިޔާބުކުރީ އަޔަލެންޑާ ވާދަކޮށް 3-2 ލަނޑުންނެވެ. މެޗުގެ 18 ވަނަ މިނިޓުގައި އަޔަލެންޑްގެ އެލަން ބްރައުން ކާމިޔާބުކުރި ލަނޑުން ލީޑް ނެގިއިރު މެޗުގެ ފުރަތަމަހހާފް ނިމުމުގެ ކުރިން ސާބިޔާގެ ޑުސާން ވެލަވިޗް ވަނީ ނަތިޖާ ހަމަހަމަކޮއްފައެވެ. ސާބިޔާއަށް މެޗުގައި ލީޑް ނަގައި ލީޑް އިތުރަށް ފުޅާކޮއްދިނީ ބަދަލު ކުޅުންތެރޔެއްގެ ގޮތުގައި ކުޅެން އެރި އެލެކްސެންޑަރ މިޓްރޮވިޗްއެވެ.
މެޗު ނިމުމުގެ ކުރިން އަޔަލެންޑަށް ނަތީޖާގެ ފަރަގު ކުޑަކުރީ ޖޭމްސް ކޮލިން ކާމިޔާބުކުރި ލަނޑުންނެވެ. މި ގުރޫޕްގައި ރޭ ޕޯޗުގަލް ކުޅުނު މެޗު އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ވޯލްޑްކަޕުގެ ޔޫރަޕުގެ ކޮލިފައިން ގުރޫޕް އޭ ކުރީގައި އޮތީ ރޭ މޮޅުވި ސާބިޔާއެވެ. ކޮލިފައިން ބުރުގައި އަންނަ ހޮނިހިރު ދުވަހު ޕޯޗުގަލް އާއި ސާބިޔާ ވާދަކުރާނެއެވެ.
ކޮމެންޓު ފޮނުވާ