ސިވިލްސާވަންޓުންގެ އަނގަ ބަންދު ކުރަން އުޅުމުން ސައްލެ ހޫނުފެނަށް!

ސިވިލްސާވަންޓުންގެ އަނގަ ބަންދު ކުރަން އުޅުމުން ސައްލެ ހޫނުފެނަށް!

ގުޅުންހުރި

ސިވިލްސާވިސް މުވައްޒިފުންނަކީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެ، ސިޔާސީ ގޮތުން ކުރެވޭ މަސައްކަތުގައި ވާހަކަ ދައްކައި ހެދޭނެ ބައެއް ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަ ބަޔަކު އޭނާއަށް ރައްދު ދޭން ފަށައިފިއެވެ.

ސިވިލް ސާރވިސް ޤާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށައެޅުއްވި އިޞްލާހަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަގައިން ނުބުނެވޭނެ މީހެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންހާ ވާހައެއް ނުދެއްކޭނެކަމަށާއި، ނުވެސް ލިޔެވޭނެކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ވާންޖެހެނީ “ފޭސް ލެސް” ނުވަތަ މޫނެއް ނެތް ބަޔަކަށް ކަމުގައިވެސް ސައްލެ ވިދާޅުވިއެވެ.

ސައްލެ މިފަދަ ގޮތަކަށް ވާހަކަ ދެއްކެވިއިރު، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއން ދިވެހި ކޮންމެ ރައްޔިތަކަށް ޚިޔާލް ފާޅު ކުރުމާއި ބަސްބުނުމުގެ ހައްގު ލިބިގެންވެއެވެ. ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

ސައްލެގެ މިވާހަތަކާއި ގުޅިގެން ގިނަބަކު އޭނާއަށް ރައްދު ދެމުންދާއިރު، މިއީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި ޚުދުމުހުތާރު ވެރިކަމެއް ކުރުމަށް ކުރާ މަސައްކަތުގެ ބޮޅެއްކަމަށް ބައެއް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ. ސައްލަގެ ވަހަކަތަކާއި ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މޫނެއް، ނަމެއް ނެތް އަޅުންނެއް ނޫންކަމަށެވެ. ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އެ މީހުންގެ ކިބައިން ނިގުޅައެއް ނުގަނެވޭނެކަމަށްވެސް މެންބަރު ޢަލީ ޙުސައިން ވިދާޅުވިއެވެ.

އަލީގެ އިތުރުން ކުރީގެ މިނިސްޓަ މަލީހުވެސް ވަނީ ސައްލެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަލީހު ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެމްބަރުން އުޅެނީ ސައިޒު އޮޅިގެންކަމަށެވެ. ޤާނޫނު އަސާސީން ދިބެހި ކޮންމެ ރައްޔިތަކަށް ލިބިދޭ ހައްގުތަކުން ސިވިލްސާވަންޓުން މަހުރޫމްކޮށް، ބިރު ދެއްކުމަށް މަސައްކަތް ކުރިޔަސް އެބިރަކަށް ފަހައްޖެހޭނެ ރައްޔިތަކު މިއަދު ނެތްކަމަށް މަލީހު ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުންގެ ތެރެއިން ތަންކޮޅެއް ރަނގަޅު ވެދާނެހެން ހީވި މެމްބަރުންގެ ފެންވަރު. ވިސްނަވާދެން ހާލަަތު އޮންނާނެ ގޮތް. މާއްދާ 27 އަށް ހާދަ ބިރެކޭ މިގަންނަނީ. ސިވިލްސާވަންޓުންނަށް ޚިޔާލު ފާޅުކުރުން ހުޅުވިފައި އޮތީ ތަންމިނަށް. ތިޔަބޭފުޅުން ސައިޒުގައި ތިއްބަވާ ބިރެއް ނުދެއްކޭނެ.

– މަލީހު ވިދާޅުވިއެވެ.

ސައްލެގެ ވާހަތަކަށް ރައްދު ދެއްވަމުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވީ ސައްލެގެ ވާހަތަކުން އެމްޑީޕީގެ އަސްލު ސިފަ ފެނިގެންދާ ކަމަށެވެ. ޚިޔާލް ފާޅު ކުރުމުގެ ހައްޤާއި، ވިސްލްބްލޯކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދޭނެކަމަށް ބުނި މީހުންގެ ވާހަތަކާއި އަމަލުތައް ހުންނާނެ ގޮތް މިވާހަތަކުން ހަމާވާކަމަށް ހައިލަމް ވިދާޅުވިއެވެ.

ސައްލެގެ ވާހަކަތާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޑރ.ޝަހީމް ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތަށް ކޮންމެ މީހަކަށްމެ އޮންނަންވާނެކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިންސާނީ ޙަޟާރަތު ކުރިއަރައި ދިއުމުގެ އެންމެ މުހިންމު އެއް އަސާސްކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވަނީ ސިވިލް ސާރވެންޓުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އަނގަމަޑުންލައިގެން ހުންނަންޖެހޭނެ މީހެއްކަމަށް ޤަބޫލުކުރުމަކީ ތަހުޒީބު ވިސްނުމެއްނޫންކަމަށާއި، ސިވިލް ސާރވެންޓުންނަކީ އެބަޔަކާމެދު ޤައުމު ފަޚުރުވެރިވާންޖެހޭނެ ބައެއްކަމަށްވެސް ވިދާޅުވެފައެވެ. އަދި މުޅި ދައުލަތް ހިންގުމުގެ ރައުސުލްމާލަކީ އެއީކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ސިވިލް ސާރވިސް މުވައްޒަފުންނަށް ޚިޔާލު ފާޅު ނުކުރެވޭނެކަމަށާއި، އެއީ މޫނެއް ނެތް ބައެއްގެ ގޮތުގައި ސިފަކުރައްވާ ސައްލެ ދެއްކި ވާހަކަތަކށް ސިވިލް ސާރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، ސައްލެ ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނާއި އެނޫންވެސް އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް ސައްލެއަށް ފާޑު ވިދާޅުވަމުންނެވެ. މިކަމާއި ގުޅިގެން އެމްޑީޕީންވެސް އަދި ސައްލެވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. hini anna nee ama shaku varaka noon. thaa eedhe nuku revey ne ekamaku vote dhey jehey 2021 vana aharu ge bodu joke

Leave a Reply

Your email address will not be published. Required fields are marked *