ޗެލްސީ ސެމީއަށް، ވާދަކުރަންޖެހެނީ ސިޓީއާއި

ޗެލްސީ ސެމީއަށް، ވާދަކުރަންޖެހެނީ ސިޓީއާއި

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2021 09:31
0

އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. ޗެލްސީ ސެމީއިން ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލިޑު ނަގާފައެވެ. މިއީ މެޗުގެ 24 ވަނަ މިނެޓުގައި ޝެފީލްޑުގެ އޮލީ ނޯވުޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ޗެލްސީން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަކީމް ޒިޔެކް ކާމިޔާބުކުރި ލަނޑުންނެވެ.

މިމުބާރާތުގެ ސެމީގައި އަންނަ މަހުގެ 18 ވަނަ ދުވަހު ޗެލްސީ ނިކުންނާނީ ލީގުގެ މިވަގުތު އެންމެ ފޯމުގައި އޮތް ސިޓީއާ ދެކޮޅަށެވެ. ޗެލްސީއާ ދެކޮޅަށް ސެމީގައި ކުޅޭ ސިޓީ ވަނީ ކުއާޓާ ފައިނަލުގައި އެވަޓަން ކަޓުވާލައިފައެވެ.

މި މެޗުން ޗެލްސީ މޮޅުވިއިރު، އެ ޓީމުގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން ޗެލްސީން ކުޅުނު 14 މެޗުންވެސް ބަލިވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.