ސްޕެނިޝް ލީގުގެއި ރޭ ރަށުންބޭރުގައި ރެއާލް ސޮސިއެޑާޑު ބޮޑު ތަފާތަކުން ބަލިކޮށް ބާސެލޯނާ އަލުން ދެވަނަ އަށް ޖެހިލައިފިއެވެ.
ރޭ ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބު ކުރީ 6-1 ގެ ބޮޑު ތަފާތަކުންނެވެ. މުޅި މެޗު ޑޮމިނޭޓްކޮށް ކުޅެފައިވަނީ ބާސެލޯނާއިންނެވެ. މިމެޗަކީ ބާސެލޯނާގެ ކެޕްޓަން މެސީއަށް ޚާއްސަ މެޗެކެއެވެ. ރޭގެ މެޗައިއެކު އޭނާ ވަނީ ބާސެލޯނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ޝަރަފް ލިބިފައެވެ. މެސީ އާ ރެކޯޑެއް ގާއިމްކުރީ 768 މެޗު ކުޅެގެންނެވެ.
ރޭގެ މެޗުގައި މެސީގެ މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އޭނާ ވަނީ ރޭގެ މެޗުގައި ދެ ލަޑު ޖަހާދީފައެވެ. ބާސެލޯނާއަށް ޖެހި އަނެއް ހަތަރު ލަޑުގެ ތެރެއިން ދެލަނޑު ޖަހައިދިނީ ސާޖީނޯ ޑެސްޓްއެވެ. މީގެ އަނެއް ދެ ގޯލު ޖެހީ ކުރިން ސޮސިއެޑާޑަށް ކުޅުނު އެންޓޮއިން ގްރީޒްމަން އާއި ދާދި ފަހުން ފްރާންސް ގައުމީ ޓީމުން އަލުން ފުރުސަތު ހޯދި އޮސްމާން ޑެމްބެލޭ އެވެ.
ކޮމެންޓު ފޮނުވާ