ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް އިންޑިޔާއިން ނެގިލޯނުތަކާއި، ލިބުނު ފައިސާތަކުން ދިވެހި ރައްޔިތުންނަށް ވީފައިދާއެއް ނެތްކަމަށާއި، ލިބުނުފައިސާތަކުން ކުރާ ބޮޑެތި ވައްކަންތަކުގެ އަޑީގައި ހުންނެވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މާލީ ހާލަތުން އަރައި ގަތުމަށާއި، ތަރައްޤީގެ ނަމުގައި އިންޑީޔާއިން ފޯރުކޮށްދޭ އެހީތަކާއި ގުޅޭގޮތުން މުސްތަފާ ކުރެއްވި ޓްވީޓްގައިވަނީ ސަރުކާރުން މިފައިސާ ހޭދަކުރަމުންދާ ގޮތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިންޑިޔާއިން އެތައް މިލިޔަން ފައިސާ ހޯދި ނަމަވެސް އޭގައިން ރައްޔިތަކަވީ ފައިދާއެއް ނެތްކަމަށެވެ. ރާއްޖެއަށް ލިބިފައިވާ ފައިސާގެ ބޭނުން ޤައުމު ތަރައްޤީ ކުރުމުގެ ނަމުގައި ބޭނުންކޮށް ހުސްކުރަމުންދަނީ ވަކި ވަޒީރުންތަކެއްކަމަށް މުސްތަފާ ވިދާޅުވިއެވެ.
އިންޑިޔާއިން ހޯދާ ފައިސާގެ އެހީގެ ތެރެއިން މި ޤައުމުގެ ރައްޔިތުންނަށް ހޯދާ އެހީތެރިކަމެއްނެތް. ހުރިހާ ފައިސާއެއް ބޭނުންކުރަނީ ސަރުކާރުގެ ނަމުގައި ތަރައްޤީގެ މަޝްރޫޢުތަކަށް ހިންގުމުގެ ނަމުގައި ސަރުކާރާއި މިނިސްޓަރުން.
– މުހައްމަދު މުސްތަފާ
މުސްތަފާ ވިދާޅުވީ ދައުލަތުގެ ފައިސާ ވަކި ބަޔަކު ބޭނުންކޮށް ހުސްކުރުމުން ޤައުމުގެ ހާލަތު މިއަދު ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިކަން ކުރުމުގައި އެންމެ އިސްކޮށް ހުންނެވީ ފިނޭންސް މިނިސްޓރަ އިބްރާހިމް އަމީރު ކަމަށެވެ. ވެންޓިލޭޓަރު ގެނައުމަށް ސަރުކާރުން ކުރި ހޭދައިގެވެސް 90 އިންސައްތަ ކާލީ ފިނޭސް މިނިސްޓަރ އިބްރާހިމް އަމީރު ކަމަށް މުސްތަފާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ މިވެރިކަމުގެ ފާއިތުމިވީ މަދު ދުވަސްތަކުގެ ތެރޭގައި ދައުކަތުން ކޮށްފައިވާ ބޮޑެތި ހުރިހާ ވައްކަމެއްގެ އަޑީގައި ހުންނެވި ފިނޭންސް މިނިސްޓަރުކަމަށެވެ. ރާއްޖެއަށް ލިބޭ ހިލޭ އެހީއާއި، އެކި ނަންނަމުގައި ހޯދަމުންދާ ފައިސާތައްވެސް އެކި ނަންނަމުގައި ހޭދަކޮށް ހުސްކުރަމުންދާކަމީ ފެންނަން އޮތް ހަގީގަތްކަމަށް މުސްތަފާ ވިދާޅުވި އެވެ.
Ventilator gennan Sarkaarun kuri haradhu ge 90% faisaa kaalee mi gaumuge Finance minister eka maku ACC in eyna aa kuri kuri mathi kuri suvaaleh ves neiy. Mi ah ves kiyanee insaafu nuvatha adhuluverikan. Gaumun mi haathanah kuri boda thi hurihaa vahkameh kuree Falamadi vazeeru.
— Mohamed Musthafa (@Thimarafushi) October 17, 2020
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އިންޑިޔާއިން ދަނީ ބޮޑެތި އެހީތަކެއް ފޯރުކޮށް ދެމުންނެވެ. އެގޮތުން ބަޖެޓް ސަޕޯޓަށާއި، ތަރައްޤީގެ މަޝްރޫއުތަކަށްވެސް ބޮޑެތު އަދަދުތަކުން ވަނީ ފައިސާ ފޯރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ