ރަނގަޅު ފޯމެއްގައި އޮތް ސިޓީ ސެމީއަށް

ރަނގަޅު ފޯމެއްގައި އޮތް ސިޓީ ސެމީއަށް

Author
މުޙައްމަދު ޝަޒައިމް
21 މާރޗް 2021 09:06
0

މިސީޒަންގައި ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ސިޓީން އެފްއޭކަމް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރަށުންބޭރުގައި ކުޅުނު މެޗުގައި އެވަޓަން ކޮޅަށް ފަހު ވަގުތު ޖެހި ގޯލުތަކާ އެކު ސިޓީ މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ސިޓީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. ސިޓީގެ ހަމަލާތައް ހުއްޓުވުމުގައި އެވަޓަނުގެ ޑިފެންޑަރުންނާއި، މި މެޗުގައި އެވަޓަނުގެ ގޯލު ބެލެހެއްޓި އެ ޓީމުގެ ތިން ނަންބަރު ގޯލްކީޕަރު ޖޮއާއޯ ވަޖީނިއާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެކަމަކު މި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ސިޓީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިލްކާއި ގުންޑޮގާނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ކެވިން ޑި ބްރޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ސިޓީއަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

އެފްއެކަޕް 6 ފަހަރު ކާމިޔާބު ކޮށްފައިވާ ސިޓީން އެންމެ ފަހުން މިމުބާރާތުގެ ތަށި އުފުލާލާފައިވަނީ 2019 ފަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.