63 ވަނަ ފަަހަރަށް ރާއްޖެއަށް ޒިޔާރަތްކުރި ފްރާންސްގެ ދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ޗުއްޓީއަށް އައި 63 ވަނަ ދަތުރުގައި މިއަދު ރާއްޖެ އައިސްފައިވަނީ ނަޓަލީ ނިޓެލް އާއި އޭނާގެ ފިރިމީހާ މާރކް ނިޓެލް އެވެ. މިއީ ފްރާންސްގެ ދެމަފިރިންނެވެ.
1991 ވަނަ އަހަރުން ފެށިގެން ކޮންމެ ފަހަރަކު ވެސް ރާއްޖެއަށް އަންނަނީ ރާއްޖޭގެ ރީތިކަމާއި، ރާއްޖޭން ލިބޭ މެހެމާންދާރީގެ ސަބަބުން ކަަމަށް މި ދެމަފިރިން ބުންޏެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ ދަށުން މި ދެމަފިރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީގެ އިތުރުން ޓްރާންސް މޯލްޑިވިއަން އެއަރވޭސް އިން ވަނީ ދެމަފިރިންނަށް ހަދިޔާތަކެއް ދީފައެވެ. އަދި އެއަރޕޯޓުގައި ހުންނަ ކޮކޯޕާމް ދުނިކޮޅު ލައުންޖްގައި މި ދެމަފިރިންގެ ޝަރަފުގައި ވަނީ ކޭކެއް ފަޅާފަ އެވެ.
Welcoming Mr Marc Knittel and Mrs Natalie Knittel, on their 63rd visit to Maldives and their third visit to @CocoCollection. They were awarded the Antara tier of @bordermilesmv by the Deputy Minister of Tourism. #WorldsLeadingDestination #Maldives #VisitMaldives pic.twitter.com/PIl7TK1HKN
— Visit Maldives (@visitmaldives) March 20, 2021
މިގޮތަށް ގިނަފަހަރުމަތިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަގުވަޒަންކޮށް އެމީހުންނަށް ހޫނު މަރުހަބާއެއް ކިއުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިމަހުގެ މެދެއްހާހިސާބުގައި 60 ވަނަ ފަހަރަށް ރާއްޖެ ޒިޔާރަތްކުރި ދެމަފިރިއަކަށްވެސް ހޫނު މަރުހަބާއެއް ބަނީ ކިޔާފައެވެ. އެއީ ވެސް ހަމަ ފަރަންސޭސި ވިލާތުގެ ދެމަފިރިންނެވެ.