ހޯރަފުށީ އައިސް ޕްލާންޓްގެ ބިންގާ އަޅައިފި

ހޯރަފުށީ އައިސް ޕްލާންޓްގެ ބިންގާ އަޅައިފި

Author
ޢަލީ އާދަމް
20 މާރޗް 2021 01:38
0

ހއ. ހޯރަފުށީގައި ޤާއިމުކުރާ އައިސް ޕްލާންޓްގެ ބިންގާ އަޅައިފި އެވެ.

މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ މިފްކޯ އިން ތަރައްޤީކުރާ މި އައިސް ޕްލާންޓަކީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ.

ހޯރަފުށީގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިސްޕްލާންޓްގެ ބިންގާ އަޅުއްވައިދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި ހޯރަފުށީ މަސްވެރިންނެވެ.

އައިސް ޕްލާންޓްގެ ބިންގާ އަޅުއްވައިދެއްވައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ހޯރަފުށީގައި ހަދާ 25 ޓަނުގެ އައިސް ޕްލާންޓާއެކު އުތުރުގެ ކެޕޭސިޓީ 75 ޓަނަށް އިތުރުވާނެކަމަށެވެ. އަދި ސަރުކާރުން މިހާރު ފަށާފައިވާ ފެލިވަރު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު އުތުރުގެ މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

ހޯރަފުށީ އައިސްޕްލާންޓްގެ މަސައްކަތް މިފްކޯއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މި އައިސް ޕްލާންޓަކީ ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް އުސޫލުން އަމިއްލަ ކުންފުންޏެއްކަމަށްވާ ޗަމްޕާ ބްރަދަރސްގެ އެހީތެރިކަމާއެކު، 4.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ އައިސް ޕްލާންޓެކެވެ.

މިފްކޯއިން ބުނީ އައިސް ޕްލާންޓްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގޯދީމީޑިއާ
ކަޑަ ޖަހަނީ މަުމޫން އޭ ގޮވި މީހުން މިއަދު ކެމްޕެއިން ޖެހުނީމަ ޖަހާ ކަޑައިގެ އަދަދު މައުމޫނަށްވުރެ 10 ގުނަ އިތުރު