އެޓްލާންޓާ ބަލިކޮށް ރެއާލް ކުއާޓާއަށް

އެޓްލާންޓާ ބަލިކޮށް ރެއާލް ކުއާޓާއަށް

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 08:59
0

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެޓަލާންޓާ ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން 3-1 ގެ ނަތީޖާއަކުން ރެއާލް މޮޅުވިއިރު، އެޓަލާންޓާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ރެއާލް ވަނީ ފަހު ވަގުތު 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ރެއާލް ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.

ރޭގެ މެޗުގެ 34 ވަނަ މިނިޓްގައި ލޫކަ މޮޑްރިޗް ދިން ބޯޅައަކުން ރެއާލަށް ލީޑުނަގައިދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ކަރިމް ބެންޒެމާ އެވެ. މިއީ އެޓަލަންޓާ ކީޕަރު މާކޯ ސްޕޮޓިއޭލޯ އަށް ހެދުނު ގޯހަކުން ޖެހި ގޯލެކެވެ. ރެއާލުން ލީޑުފުޅާކުރީ މެޗުގެ 60 ވަނަ މިނިޓްގައި ސާޖިއޯ ރާމޯސް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް އެޓަލަންޓާގެ ރަފައެލް ޓޮލޯއި ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 83 ވަނަ މިނިޓްގައި އެޓަލަންޓާގެ ލުއިސް މުރިއެލް އެ ޓީމަށް ގޯލެއް ޖަހައިދިންތާ މިނިޓެއްގެ ތެރޭގައި ރެއާލްގެ ހަތަރު ވަނަ ގޯލު ޖެހީ މާކޯ އަސެންސިއޯ އެވެ.

މި މޮޅާއެކު މުބާރާތުގެ ކުއާޓާއަށް ރެއާލް ދަތުރުކުރިއިރު، މިއީ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް ކުޅޭނެ 36 ވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.