މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

Author
ޢަލީ އާދަމް
16 މާރޗް 2021 11:59
0

ޅ. ހިންނަވަރުގައި ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން އެރަށު ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެސް ގުޅިގެން އިއްޔެ އެރަށުގައި ހިންގި އޮޕަރޭޝަނަކީ މާލެއިން އެރަށަށް ދަތުރުކުރި ބޯޓަކުން އެރަށަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަންގެ ތެރެއިން، މާލެއިން ހިންނަވަރަށް ދަތުރުކުރި ބޯޓުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 155 ރަބަރު ޕެކެޓު ފެނިފައިވާކަމަށްވެސް ފުލުުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހައިދީފަ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.