އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އޭރިއަލް ފޮޓޯ

އައްޑޫއިން ފަތުރުވެރިކަމާ ގުޅުނުންހުރި ވިޔަފާރިތަކަށް ބިން ދޫކުރަނީ

އައްޑޫއިން ފަތުރުވެރިކަމާ ގުޅުނުންހުރި ވިޔަފާރިތަކަށް ބިން ދޫކުރަނީ

އައްޑޫގެ ޓޫރިޒަމް ޒޯންތަކުގައި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ހިންގުމަށް ބިން ކުޔަށްހިފުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ވިޔަފާރިތަކަށް ބިން ދޫކުރަނީ، އެސަރަހައްދުތަކުގައި ފަތުރުވެރިންނަށް ޚިދުމަތްދޭނެ ވިޔަފާރިތަށް ހިންގުމަށެވެ. އެގޮތުން ރެސްޓޯރެންޓާއި، ސްޕާ، އެންޓަރޓެއިންމަންޓް ސެންޓަރ، ރެންޓަލްސް، ސްވެނިއަރ ޝޮޕް، ވިޒިޓަރސް ސެންޓަރ، ލޯންޑްރީ އަދި ވޯޓަރ ސްޕޯޓްސް އާއި ޑައިވިން ސެންޓަރުތައް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގެ ޓޫރިޒަމް ޒޯނަކުން ވިޔަފާރީގެ ބޭނުމަށް 22 ބިމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލާފައެވެ. އައްޑޫ ސިޓީ ކައުންސިލުން މި ބިންތަށް ކުއްޔަށް ދޫކުރަން ހަމަޖެހިފައި ވަނީ 20 އަހަރުގެ މުއްދަތަށެވެ.

މި ބިންތަށް ކުއްޔަށް ނަގަންބޭނުންވާ ފަރާތްތަކަށް ސިޓީކައުންސިލުން ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އެގޮތުން މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ބިޑް ޑޮކިއުމެންޓް ގަންނަން ލިބޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ބިންތަށް ކުއްޔަށްހިފަން ޝައުގުވެރިވާ ފަރާތްތަކުން، ޕްރޮޕޯސަލް ހުށަހެޅަން ޖެހެނީ އަންނަ އެޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.

އައްޑޫސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯޏްތަކުން ގެސްޓްހައުސް އާއި ސިޓީ ހޯޓާތަކަށް ބިން ދޫކުރުމަށް ހުޅުވާލުމުން 35 ފަރާތެއް ވަނީ ބީލަން ކާމިޔާބު ކޮށްފައެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްޤީ ކުރުމަށް ސަރުކާރުން ވަނީ ވައުދު ވެފައެވެ. އައްޑޫގެ ޓޫރިޒަމް ޒޯންތަކުގައި މި ހިންގާ ފަތުރުވެރިކަމުގެ ޕްރޮޖެކްޓުން 4000 އެނދު ހިދުމަތަށް ނެރެވޭނެކަމަށް ސިޓީކައުންސިލުން ލަފާކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *