ކަރަންޓީނުވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިނުމާއިއެކު، އާންމުންގެ ބޮޑެތި ފާޑުކިޔުން އެޗްޕީއޭއަށް އަމާޒުވެއްޖެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާޢީދު ހޯދުމަށް ކެމްޕޭން ކުރުމަށް ބަލި ފެތުރެމުންދާ ޙާލަތު އޮތްރަށަކުން ނުވަތަ ގެސްޓް ހައުސް ހިންގާ ރަށަކުން ނުވަތަ ރިސޯޓަކުން، ބަލި ފެތުރެމުންދާ ޙާލަތު ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލައި 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ދަތުރު ކުރެވޭނެކަމަށެވެ. ނަމަވެސް މި ދަތުރުތަކުގައި 5 މީހުންނަށްވުރެ ގިނައިން މީހުން ބައިވެރި ނުނެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.
އެޗްޕީއޭގެ ގައިޑްލައިނާއިއެކު އާންމުންގެ ފާޑުކިޔުން ބޮޑުވެފައިވަނީ، މާލެ ސަރަހައްދުގައި އަތޮޅު ތެރޭގެ އެތައް ރަށްޔިތުންތަކެއް ދިރިއުޅެމުންދާއިރު ޒަރޫރީ ބޭނުންތަކާއި، އެނޫންވެސް އާއިލީ ކަންކަމުގައިވެސް އަމިއްލަ ރަށަށް ކަރަންޓީނާއި ނުލައި ދެވޭނެ އެއްވެސް އުސޫލެއްނެތި ކުއްލިއަކަށް ސިޔާސީ ކަންތައްތަކެއް ހާސިލްކޮށް ދިނުމަށް ގައިޑްލައިނަށް ބަދަލު ގެނައުމުންނެވެ. ކޯވިޑް ފެތުރޭނެ އެންމެ ފަސޭހަ ގޮތަކީ ގިނަ މީހުން އެއްވެ އުޅުމާއި، ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުންކަމަށް އެޗްޕީއޭއިން ތަކުރާރުކޮށް ބުނުމަށްފަހު ރޭ ކުއްލިއަކަށް އާންމު ކުރި ގައިޑްލައިނާއިއެކު ސިޔާސީ ޕާޓީތަކާއި، ސިޔާސީ ބައްދަލުވުންތަކަށް ބޮޑެތި ޖަލްސާތަކާއި އެއްވުންތައް ބޭއްވުމުގެ ހުއްދަ ވަނީ ދީފައެވެ.
އެޗްޕީއޭގެ ނިންމުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، ޝައިޚު އަލީ ޒައިދު ވިދާޅުވި އެޗްޕީއޭގެ މިނިންމުމާއިއެކު، އެޗްޕީއޭއާއިމެދު އާންމު ރައްޔިތުން ކުރަމުންދިޔަ އިތުބާރު ގެއްލިފައިވާކަމަށެވެ. އަދި އެޗްޕީއޭއަކީ މިއަދު ސިޔާސީ މީހުން ބޭނުންހާ ގޮތަކަށް މޮޑޭ ފުށް ގަނޑަކަށް ވެފައިވާކަމަށެވެ.
HPA akee mihaaru ehves varakah alhugandu ithubaaru kuraa jamaa'atheh noon kamugai hithaama aa eku dhannavan! Modey fuh gandekey HPA ekey thafaatheh neh! Mulhin aguvettijje! Siyaasee meehunnahtakai Engi thibe goas nahahdhavaa! pic.twitter.com/QBwJ0ST9aY
— Ali Zaid (@alizaid1000) March 11, 2021
އެޗްޕީއޭއިން ކައުންސިލް ކެމްޕެއިންނަށް ދިން ހުއްދަ އާއިއެކު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، ކުރީގެ ގޯލް ކީއްޕަރު އިމްރާން މުހައްމަދު ކުރި ޓްވީޓުގައި ބުނެފައިވަނީ އެޗްޕީއޭއިން އާންމު ކުރާ އުސޫލުތަކުން ފެނިގެންދަނީ ތަފާތު ކުރުންކަމަށެވެ. ހަމަހަމ ކަމާއިއެކު ހުރިހާ ރައްޔިތުންނަށް އެއްހަމަޔަކުން އަމަލު ކުރެވޭނެ އުސުލެއް އެޗްޕީއޭއިން އާންމު ކުރަންޖެހޭކަމަށް އިމްރާން ބުނެފައިވެއެވެ.
Saabahey @HPA_MV . Covid akee vaki baeh ge kibain fethurey bayyeh tha? Hudhdha dhenyaa hurihaa rayyithunnavves eh hamayakun hudhdha dheebala. https://t.co/tEUkiWlkv1
— Imran Mohamed (@ImranMohamed25) March 11, 2021
ރޭ ކުއްލި ގޮތަކަށް އެޗްޕީއޭއިން ވަނީ ގައިޑްލައިން ލުއިކޮށް ކަރަންޓީނުވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިނުމާއި ގުޅިގެން އާންމު މީހަކު ކުރި ޓްވީޓްގައި ބުނެފައިވަނީ އަމިއްލަ މަންމަ ނިޔާވެގެން މޫނު ބަލާލަން ރަށަށްދާންވެސް ހުއްދަ ނުދެވޭއިރު، ސިޔާސީ ބޮޑެތި ކެމްޕެއިން ބާއްވަން ހުއްދަ އެޗްޕީއޭއަށް ދެވޭކަމަށެވެ.
Kobaahey ladhu??? @HPA_MV pic.twitter.com/Rr7uFfZgtp
— Azfeen (@axphiean) March 12, 2021
ކޯވިޑް ކޭސްތައް 100 އިން މަތީގައި ހުންނަތާ ދެ މަހެއްހާ ދުވަސްވާން ދާއިރު މާލޭގައި ފިޔަވަޅުތައް ހަރުކަށިކޮށް ހަމައެކަނި ކެންޑިޑޭޓުންނަށް ރަށްރަށަށް ދަތުރުކުރެވޭ ގޮތް ހެދުމުން އެޗްޕީއޭ ސިޔާސީ ވެފައި އޮތް މިންވަރު ހާމަވެފައިވާކަމަށް އެޗްޕީއޭގެ ނިންމުމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާ މީހުން ބުނެފައިވެއެވެ. އެޗްޕީއޭގެ ނިންމުމާއިމެދު ބޮޑެތި ފާޑުކިޔުން އަމާޒުވެފައިވާއިރު، މިކަމާއި ގުޅިގެން މިހާތަނަށް އެޗްޕީއޭއިންވެސް އަދި ހެލްތު މިނިސްޓްރީންވެސް އެއްވެސް އެއްޗެއް ވިދާޅުވެފައިނުވެއެވެ.
ކޮމެންޓު ފޮނުވާ