އެމްޑީޕީން މުޅި ރާއްޖޭގައި ކެމްޕެއިން ކުރުމުގައި، އިދިކޮޅު ރަށު ބަންދުގައި

އެމްޑީޕީން މުޅި ރާއްޖޭގައި ކެމްޕެއިން ކުރުމުގައި، އިދިކޮޅު ރަށު ބަންދުގައި

ގުޅުންހުރި

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކެންޑިޓޭޓުންނާއި، ޕާޓީތަކުން ދަނީ ފޯރިއާއިއެކު ކެންޕެއިން ކުރަމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ދެ ފަހަރެއްގެ މަތީން ފަސްކޮށްފައިވާ ކައުންސިލް އިންތިޚާބު ބޭއްވުމަށް އޮތް ހުރަހަކީ އެޗްޕީއޭގެ ގައިޑްލައިންކަމަށް އިލެކްޝަން ކޮމިޝަނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. މިހާރު އޮތް ގައިޑްލައިނާއި އެއްގޮތަށް ސިޔާސީ ޕާޓީތަކަށާއި، ކެންޑިޑޭޓިންނަށް ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީންވެސް ވަނީ އިލެކްޝަން ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި އެއްބަސްވެފައެވެ. އިންތިޚާބު ބޭއްވުމަށް އެއްމަހަށްވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ހަމަހަމަ ކަމާއިއެކު އިންތިޚާބު ބޭއްވުމަށް ފެރުސަތު ނެތްކަމަށް ތަކުރާރުކޮށް އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުންދާއިރު، އިންތިޚާބާއި ގުޅިގެން މިހާތަނަށް އޮތް އެންމެބޮޑު ޝަކުވާ މިހާރު އޮތީ ހަމަ އޮތްގޮތަށެވެ. އިންތިޚާބު ބޭއްވުމަށްޓަކައި ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުންދަނީ އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުންނެވެ. ޤާނޫނު ބުނާގޮތުން އިންތިޚާބު ބާއްވާ ތާރީހުގެ 28 ދުވަސް ކުރިން ހަމަހަމަ ކަމާއިއެކު ހުރިހާ ކެންޑިޑޭޓުންނަށާއި، ޕާޓީޓަކަށް ކެމްޕެއިން ކުރިމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ފަހިކޮށްދޭން ޖެހެއެވެ.

ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތައް ހުރި ގޮތުން އިންތިޚާބު ބޭއްވުމަށްވެސް އަދި އެނޫން ކަމެއްގައިވެސް އެޗްޕީއޭގެ ނިންމުމަށް ނޫނީ އެއްވެސް ނިންމުމެއް ނިންމުމުގެ ބާރެއް ރާއްޖޭގެ އެއްވެސް މުވައްސަސާއަކަށް ނެތެވެ. އިންތިޚާބަށް އެއްމަހަށްވުރެ ކުޑަ ދުވަސް ކޮޅަކަށްވެފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިނުން ހުއްދަ ނުކުރާ އެތައްކަމެއް ސަރުކާރު ހިންގާ މައިޕާޓީއަށް ދަނީ ލިބެމުންނެވެ.

އެޗްޕީއޭގެ ގައިޑްލައިނުގެ ދަށުން ސަރުކާރުގެ އެކި ކަންކަން ކުރުމުގެ ނަމުގައި ބޮޑެތި ވަފުދު ހަދައިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ވަޒީރުންނާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ ރަށްރަށަށް ވަޑައިގެން ސިޔާސީ ބޮޑެތި ހަރަކާތް ބާއްވައި، ޖަގަހަ ހުޅުވައި، ބައްދަލުވުން ބާއްވައި، ދޮރުން ދޮރަށް ހިނގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. އެއްވެސް ގައިރުކަމެއް، ރައްކާތެރިކަމެއްނެތި މިފަދަ ހަރަކާތްތައް ހިންގާއިރު، އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރަނީ ކިހާ ވަރަކަށްތޯ ބަލާނެ އަދި ފިޔަވަޅު އަޅާނެ ބަޔަކުވެސް މިއަދު ނެތެވެ.

ސަރުކާރު ހިންގާ މައި ޕާޓީން އެމްޑީޕީގެ އިސްސަފުގެ ބޭފުޅުން އަތޮޅުތަކަށް ވަޑައިގެން ރަށްރަށުގައި ސަރުކާރުގެ އެކި ޕްރޮޖެކްޓްތައް އިފްތިތާހު ކުރުމުގެ ނަމުގައި ހިންގާ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ދަނީ އެދިވަޑައި ގަންނަވަމުންނެވެ. އަދިފާޅުކަން ބޮޑުކޮށް ކެމްޕެއިންގެ ހަރަކާތައްތައް ރަށްތަށުގައި ކުރިއަށް ގެންގޮސް، އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ކަންކަންވެސް އެމްޑީޕީން ދަނީ ކުރަމުންނެވެ.

ކޯވިޑް-19 މަތިކޮށް، އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކަށް ރާއްޖޭގެ އެއްވެސް ރަށަކަށް އުސޫލުން ބޭރުން ދަތުރުކުރެވޭނެ ގޮތެއްނެތެވެ. ކެމްޕެއިން ކުރެވޭނެ ގޮތެއް، ހުއްދައެއް ނުދެއެވެ. އިދިކޮޅު ޕީޕީއެމްއިން ހުއްޓުމެއްނެތި ކެމްޕެއިން ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެބޭފުޅުންނަށް ޕާޓީގެ ދޮރުން ބޭރުވުމަށްވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ. ގިނަ ފަހަރަށް އިދިކޮޅު ކޯލިޝަންގެ މައި އޮފީސްގެ ދެރުތަކުގެ ސަލާމަތީ ކަންކަންވެސް މިއަދު ބަލަހައްޓަވީ ދިވެހި ފުލުހުންނެވެ.

ކައުންސިލް އިންތިޚާބަށް މަހަކަށްވުރެ ގާތްވެފައިވާއިރު އިންތިޚާބީ އެއްވެސް ހައްގެއް ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް ނުލިބޭއިރު، މިގޮތަށް ބާއްވާ އިންތިޚާބެއްގެ ޤާނޫނީ ސައްހަކަން ކަނޑައެޅުމަށް ކޯޓަށް ދާނެކަމުގެ އިންޒާރު އިދިކޮޅު ކޯލިޝަނުންވަނީ ދީފައެވެ. މަައުމޫމާތު ލިބިފައިވާ ގޮތުން ރަށްރަށް ގޮސް ކެމްޕެއިން ކުރުމަށް އެޗްޕީއޭއިން އަދިވެސް އެއްބަސް ނުވެއެވެ. މިއާއިއެކު އިންތިޚާބު ޤާނޫނުގެ ތެރެއިން ބޭއްވޭނެ ގޮތް އިލެކްޝަނަށް ވަނީ ބަންދުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *