އިންޓަ އަލުން އެއް ވަނާގައި ހަ ޕޮއިންޓުގެ ލީޑެއް

އިންޓަ އަލުން އެއް ވަނާގައި ހަ ޕޮއިންޓުގެ ލީޑެއް

Author
އިބްރާހީމް ސާޢިދު
09 މާރޗް 2021 12:25
0

އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާން ރޭ ކުޅުނު މެޗުން 1-0 އިން އެޓަލަންޓާ އަތުން މޮޅުވެއްޖެ އެވެ.

މެޗުގައި އިންޓަ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ އެ ޓީމުގެ ފަހަތަށް ކުޅޭ މިލާން ސްކްރިނިއޭ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ސްކްރިނިއޭ މި ގޯލު ޖެހީ މެޗުގެ 54 ވަނަ މިނިޓްގަ އެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ތިން ވަނަ ގޯލެވެ. އިންޓަ އަށް އިތުރު ގޯލެއް ޖަހައިދޭން ލަޓާރޯ މާޓީނޭޒް އާއި ރޮމެލޫ ލުކާކޫ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މި މޮޅާ އެކު އިންޓަ ވަނީ އެއް ވަނާގައި އަލުން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އިންޓަ އެއް ވަނާގައި އޮތީ 26 މެޗުން 62 ޕޮއިންޓާ އެކު އެވެ. ދެ ވަނާގައި އޮތް އޭސީ މިލާނަށް 26 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނާގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަަސް އޮތީ 25 މެޗުން 52 ޕޮއިންޓާ އެކު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.