ރާއްޖޭގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ޔެލޯއެލާޓް ނެރެފި އެވެ.
މިއީ މިއަދު ޔެލޯ އެލާޓް ނެރުނު 2 ވަނަ ފަހަރެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ށ. އިން ތ. އާއި ހަމަޔަށް ހެނދުނު ނެރުނު ޔެލޯއެލާޓް މިއަދު މެންދުރު ފަހު 3 ޖެހުމާއި ހަމަޔަށް އިތުރުކޮށްފަ އެވެ.
Yellow alert extended pic.twitter.com/6y9d4nPRaC
— Maldives Meteorology (@MetMaldives) October 16, 2020
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ޔެލޯ އެލަރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވުމާއި ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމަލުކަމެއް ދިނުމަށް އެމްއެންޑީއެފްއިންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. މިއަދުވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު މަތީގައި ދެ ހާދިސާއެއް ހިނގައި އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށް ދީފައެވެ.
ކޮމެންޓު ފޮނުވާ