އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް، ފުލަމް އަތުން ބަލިވެ އަނެއްކާވެސް ބޮޑު ޕްރެޝަރަކަށް ވެއްޓިއްޖެއެވެ.
އަމިއްލަ ދަނޑުގައި ލިވަޕޫޕް ރޭ ކުޅުނު މެޗުން ބަލިވެފައިވަނީ ލީގުގެ 18 ވަނައިގައި އޮތް ފުލަމް އަތުން ވަނީ 1-0 އިންނެވެ. މިއީ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ކުޅުނު މެޗުތަކުން ބަލިވި ހަވަނަ މެޗެވެ. މީގެކުރިން އަމިއްލަ ދަނޑުގައި ޗެލްސީއާއި އެވަަޓަންގެ އިތުރުން ލެސްޓާ އާއި ސިޓީ އަދި ބްރައިޓަން އަތުން ވަނީ އަމިއްލަ ދަނޑުގައި ބަލިވެފައެވެ.
މެޗުގައި ފުލަމް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުން އެ ޓީމު މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާރިއޯ ލެމިނާ އެވެ. މީގެއިތުރުން ވެސް އެ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.
އަމިއްލަ ދަނޑުގައި ލީގުގައި މޮޅެއް ނުލިބި އަށް ވަނަ މެޗު ނިންމާލިއިރު، މިއީ ފާއިތުވި 50 އަހަރުގައި އެ ޓީމުގެ އެންމެ ދަށް ފޯމެވެ. ލިވަޕޫލް ލީގުގެ އަށް ވަނައިގައި އޮތީ 28 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ.
ކޮމެންޓު ފޮނުވާ