މަގުމަތިން ވެހިކަލް ސްލޮޓް ދޫކުރަން އުޅޭތީ ނަޝީދު ތުހުމަތުތަކެއް ޓްރާސްޕޯޓަށް

މަގުމަތިން ވެހިކަލް ސްލޮޓް ދޫކުރަން އުޅޭތީ ނަޝީދު ތުހުމަތުތަކެއް ޓްރާސްޕޯޓަށް

Author
މުޙައްމަދު ޝަޒައިމް
16 އޮކްޓޯބަރ 2020 09:20
0

މާލޭގެ މަގުމަތިން ޕާކިން ސްލޮޓް ދޫކޮށް އެތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓްރާސްޕޯޓް މިނިސްޓްރީން ކުރާ މަސައްކަތަކީ ހިންގަން އުޅޭ ބޮޑު ކޮރަޕްޝަނެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނެސް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލޭގައި ޚާއްޞަ ސަރަހައްދުތަކެއް ކަނޑައަޅަ އެތަންތަނަށް އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ މަސައްކަތް ފެށުމަށް ޓްރާސްޕޯޓް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ މިއީ ވަކި މަޤްސަދެއްގައި ހިންގަން މަސައްކަތް ކުރާ ކަމެއްކަމަށެވެ. މިކަމަކީ ޓްރާސްޕޯޓުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ޖީބަށް ބަރުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

އަނެއްކާ އަނެއް ކޮރަޕްޝަން ފައްޓަން މިއުޅެނީ. ދެން ތިބުނާ ސުލޮޓްއެއް ލިބޭ ކަމަކަށްނުވާނެ. މިހާރުވެސް ޓްރާސްޕޯޓް މިނިސްޓްރީގެ މަތީ މަޤާމުތަކުގައި ތިބޭމީހުން ދަނީ ނުހައްގުން އެތައްލާރިއެއް ނަގަމުން.

މުހައްމަދު ނަޝީދު (މޮސްޓަ)

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލް ދިރާސާކުރުމުގެ މަސައްކަތްކުރުމަށް ކުރަމުންދާ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވީ، މާލޭގައި ގަރާޖުތަކަށް ވެހިކަލް ރަޖިސްޓްރީކުރުމުގައި ކުރިން ނުރަނގަޅު ކަންކަން ހިނގާފައިވާކަމަށާއި، އެކަން އިސްލާހުކުރުމުގެ ގޮތުން މާލެ ސިޓީކައުންސިލުން ގަރާޖެއް ރަޖިސްޓްރިކުރުމަށްފަހު އެތަނަށް ހުއްދަދިނުމުން އެއީ ރަނގަޅުތަނެއްތޯ މިނިސްޓްރީގެ ފަރާތުން ބެލުމަށްފަހު ވެހިކަލަށް ހުއްދަދެމުން އަންނަކަމަށެވެ.

ޝިމާޒް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލޭގައި ޚާއްޞަ ސަރަހައްދުތަކެއް ކަނޑައަޅަ އެތަންތަނަށް އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އެގޮތުންމާލޭގައި އުޅަނދު ރަޖިސްޓްރީކޮށްދޭނެ ވަކި ޚާއްޞާ ސަރަހައްދުތަކެއް ކަނޑައެޅިފައިވަކަމަށްވެސްއޭނާ ފާހަގަކުރެއްވިއެވެ.

މާލޭގައި އުޅަނދު ރަޖިސްޓްރީކުރުމަށް ސްލޮޓް ދޫކުރެވިދާނެ ބައެއް ސަރަހައްދުތައް ކަނޑައެޅިފައި ވާކަމަށާއި، އެގޮތުން ބުރުޒު މަގުން ދެކުނުގައި ޕާކް ކުރެވޭނެ ތަންތަން މިހާރު ދެނެގަނެވިފައި ވާކަމަށެވެ. އޭގެތެރޭގައި 4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށް ޕާކު ކުރެވޭނެ 311 ތަނަކާއި ސައިކަލު ޕާކުކުރެވޭނެޕާކުކުރެވޭނެ 11 ހާސް ތަނެއް މިހާރު ފާހަގަކޮށްފައިވާކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.