ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނަސް ހައްގުބަސް ބުނާނެ ކަމުގައި ޝާއިޚު، ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު އަދާކުރައްވަމުންގެންދަވާ ވަޒީފާއިން ސަސްޕެންޑް ކުރެއްވުމާއި ގުޅިގެން ޝައިޚު އަލީ ޒައިދު ހިއްވަރު ދެއްވައި ކުރެއްވި ޓްވީޓާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ ޚިޔާލު ފާޅުކޮށް ހައްގުބަސް ބުމުގައި ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެކަމަށެވެ. ހައްގު ބަސް ބުނެގެން އޮތް އަދަބަކީ ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނުން ކަމުގައިވާނަމަ އެކަން ކުރިޔަސް ފަސްޖެހުމެއް ނެތްކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
އަޅުގަނޑު ދަންނަވަން އޮތީ މަލީހު ޖަމާލު ވިދާޅުވި ފަދައިން ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނަސް އަޅުގަނޑު ބުނަން ވާ ހައްގުބަސް އިންޝާ ﷲ ބުނާނަމޭ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ސޯޝަލް މީޑިޔާގައި ދައްކަވަމުން ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން އިއްޔެ ވަނީ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ އިއްޔެ އޮތް ކްލާސްތައް ނެގުމަށް އެމަނިިކުފާނު ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ.އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ފާޅުކުރަމުންދާ ޚިޔާލު ތަކާއި ގުޅިގެންނެވެ. ޑރ.އިޔާޒަށް ވަނީ ސޯޝަލް މިޑީޔާގައި ދައްކަވާ ވާހަތަކާއި ގުޅިގެން ގައުމީ ޔުނިވާސިޓީން ތަފާތު އެކި ފަހަރުމަތީން ފިޔަވަޅު އަޅާނެކަމަށް އަންގާފައެވެ.
މިކަންކަމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވެފައިވަނީ ވަކި ބައެއްގެ ނުފޫޒާއިއެކު ވަޒީފާގެ ބިރުދައްކައިގެން ފާޅުކުރަމުންދާ ޚިޔާލުތަކާއި، ދައްކަވާ ވާހަކަތައް ހުއްޓުވާނުލެވޭނެކަމަށެވެ. އަދި ވަޒީފގެ ބިރު ދައްކައިގެން ކުރަމުންދާ މަސައްކަތް ހުއްޓާލާނެކަމަށް ދެކުމަކީ ވަރަށް ދެރަކަމެއްކަމަށް ޑރ.އިޔާޒުވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ