އެމްޑީޕީ ވަކަރުގޭ މީހުން ދައްކާ ބިރަކަށް ފަހަތަށް ނުޖެއްސޭނެ: ޝައިޚު ޒައިދު

އެމްޑީޕީ ވަކަރުގޭ މީހުން ދައްކާ ބިރަކަށް ފަހަތަށް ނުޖެއްސޭނެ: ޝައިޚު ޒައިދު

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2021 07:02
0

އެމްޑީީގައި ހަރަކާތްތެރިވާ ވަކަރުގޭ މީހުން ދައްކާ ބިރަކުން ފަހަތަށް ނުޖެއްސޭނެކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ޒައިދުގެ ގާތް އެކުވެރިޔާ އަދި ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު އަދާކުރައްވާ ވަޒީފާއިން ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. ޝައިޚު ޒައިދު ވަނީ ޑރ.އިޔާޒަށް ހިތްވަރު ދެއްވައި މިވަގުތު ސާބިތުކަމާއިއެކު ކުރިއަށް ދިއުމަށް ދަންނަވާފައެވެ. އަދި މިއީ ކުރިމަތިވެފައިވާ އިމްތިހާނެއްކަން ދެކި ސާބިތުކަމާއިއެކު ކުރިއަށް ވަޑައިގެންނެވުމަށް ޝައިޚު ޒައިދު ވަނީ އިޔާޒަށް ގޮވާލައްވާފައެވެ.

ދީނީ ގޮތުން ދޭ ލަފަޔާއި، ފާޅު ކުރާ ޚިޔާލުތަކަށް ލާދީނީ މީހުން އަބަދުވެސް ހިތްޕުޅާނުވާނެކަމަށާއި، އެފަދަ މީހުން ދައްކާ ބިރަށް ފަސް ޖެހުމެއް ނެތްކަމަށްވެސް ޝާއިޚު ޒައިދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ވަކަރުގޭގައި ހަރަކާތްތެރިވާ މީހުން ދައްކާ ބިރަކުން ކުރާ މަސައްކަތް ހުއްޓުވައި ފަސްޖެހޭނެކަމަށް ދެކުމަކީ ކުށް ހީއެއްކަމަށް ޝައިޚު ޒައިދު ވަނީ ވިދާޅުވެފައެވެ.

ޢަޚާ، ޑރ.އިޔާޒު އެވެ. މަނިކުފާނު ސާބިތުވެ ވަޑައިގެން ކުރިއަށް ވަޑައިގަންނަވާށެވެ! ލާދީނީ މީހުން ދައްކާ ބިރަކަށް ފަހަތަށް ޖެހުމެއްނެތެވެ! މި އީ މަނިކުފާނުގެ އިމްތިހާނުގެ ވަގުތެވެ! ކެތްތެރިވާށެވެ! އެމްޑީޕީގެ ވަކަރުގޭ މީހުން ދައްކާ ބިރަކުން އަޅުގަނޑުމެން ފަހަތައް ނުޖެއްސޭނެއެވެ.

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ޑރ.އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ އިއްޔެގައެވެ. ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ އިއްޔެ އޮތް ކްލާސްތައް ނެގުމަށް އެމަނިިކުފާނު ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ.އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ފާޅުކުރަމުންދާ ޚިޔާލު ތަކާއި ގުޅިގެންނެވެ. ޑރ.އިޔާޒަށް ވަނީ ސޯޝަލް މިޑީޔާގައި ދައްކަވާ ވާހަތަކާއި ގުޅިގެން ގައުމީ ޔުނިވާސިޓީން ތަފާތު އެކި ފަހަރުމަތީން ފިޔަވަޅު އަޅާނެކަމަށް އަންގާފައެވެ.

މިކަންކަމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވެފައިވަނީ ވަކި ބައެއްގެ ނުފޫޒާއިއެކު ވަޒީފާގެ ބިރުދައްކައިގެން ފާޅުކުރަމުންދާ ޚިޔާލުތަކާއި، ދައްކަވާ ވާހަކަތައް ހުއްޓުވާނުލެވޭނެކަމަށެވެ. އަދި ވަޒީފގެ ބިރު ދައްކައިގެން ކުރަމުންދާ މަސައްކަތް ހުއްޓާލާނެކަމަށް ދެކުމަކީ ވަރަށް ދެރަކަމެއްކަމަށް ޑރ.އިޔާޒުވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިސްކުރުބޭ
ދެކޮޅު ނުޖެހޭ ކަން ކަން ޢިލްމުވެރިން ކުރަން ފެއްޓީމަ ދެން ސަސްޕެންޝަނާވެސް ކުތިމަތިވާނެ ބާޠިލް ދުރުކޮށް ޙައްޤް ޤާއިމު ކުރަން ޙައްޤުގެ މަގުގައި މަސައްކަތް ކުރެވޭނަމަ ތިޒާތުގެ ކަންކަމާއި ކުރިމަތިލާން ޖެހުން ދުރުވާނެ ޱރ. އިޔާޒް އަށް އެނގެންވީ އެއްޗަކީ ތިމާއަށް ޙައްޤުނޫން ބަސްތްކެއް ބޭނުން ބޭނުން ކުރެވިފައިވާކަން އެކަން ކަމުންތިމާ އެއްފަރާތް ވާންޖެހޭކަން. ދީނަށް ގޮވާލުމުގައި، ދީން ފެތުރުމަށް މަސައްކަތް ކުރުމުގައި ބޭނުން ކުރެވޭނެ އޮތީ 3 އުސްލޫބެއް އެ 3 އުސްލޫބު ފަހަނައަޅާ. ދީންފެތުރުމަށް އާރެއް ބާރެއް ނެތް މީހަކަށް މަސައްކަތެއް ނުކުރެވޭނެ އޭދީނީ ޢިލްމުވެރި އެއްނަމަ ވެސް ދީން ފެތުރުމުގައި ، ޙައްޤު ހާމަކުރުމުގައި ބޭނުން ކުރެވޭނެ ފުރަތަމަ އުސްލޫބަކީ: ޙިކުމަތްތެރިކަން އިސްކުރުން، ދެވަނަ އުސްލޫބަކީ ކެއްތެރިކަމާއި، މަޑުމައި ތިރިކަން ޚިޔާރު ކުރުން ތިންވަން އުސްލޫބަކީ: އެންމެ ރިވެތި ގޮތްތަކާއި، ބަސްތައް ފަޞާޙަތްތެރި ގޮތުގައި ޖަޒްބާތުނުވެ ބޭނުން ކުރުން: މި 3 އުސްލޫބާއި ޚިލާފުވެގެން ބަސްބުނާނަމަ އެހުރީކީ ދީނުގެ އަސާސްތައް ދިރުވުމުގައެއްނޫން.