ސޯޝަލް މީޑިޔާގައި ދައްކަވަމުން ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.
ޑރ.އިޔާޒު ސަސްޕެންޑްކޮށްފައިވަނީ އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ އިއްޔެގައެވެ. ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ އިއްޔެ އޮތް ކްލާސްތައް ނެގުމަށް އެމަނިިކުފާނު ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ.އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ފާޅުކުރަމުންދާ ޚިޔާލު ތަކާއި ގުޅިގެންނެވެ. ޑރ.އިޔާޒަށް ވަނީ ސޯޝަލް މިޑީޔާގައި ދައްކަވާ ވާހަތަކާއި ގުޅިގެން ގައުމީ ޔުނިވާސިޓީން ތަފާތު އެކި ފަހަރުމަތީން ފިޔަވަޅު އަޅާނެކަމަށް އަންގާފައެވެ.
މިކަންކަމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވެފައިވަނީ ވަކި ބައެއްގެ ނުފޫޒާއިއެކު ވަޒީފާގެ ބިރުދައްކައިގެން ފާޅުކުރަމުންދާ ޚިޔާލުތަކާއި، ދައްކަވާ ވާހަކަތައް ހުއްޓުވާނުލެވޭނެކަމަށެވެ. އަދި ވަޒީފގެ ބިރު ދައްކައިގެން ކުރަމުންދާ މަސައްކަތް ހުއްޓާލާނެކަމަށް ދެކުމަކީ ވަރަށް ދެރަކަމެއްކަމަށް ޑރ.އިޔާޒުވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ