ސީޕްލެއިންއަށް ގެނައި ކުއްލި ބަދަލާއިމެދު ހިތްހަމަ ނުޖެހި އިހުތިޖާޖަށް!

ސީޕްލެއިންއަށް ގެނައި ކުއްލި ބަދަލާއިމެދު ހިތްހަމަ ނުޖެހި އިހުތިޖާޖަށް!

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2021 03:01
0

މޯލްޑިވިއަން ސީޕްލޭންގެ ބައެއް ޕައިލެެޓުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މޯލްޑިވިއަން ސީޕްލޭންގެ ޕައިލެެޓުން މުޒާހަރާ ކުރަމުންދަނީ، ޗީފް ޕައިލެޓްއަކަށް ކުރިން ހުރި ކެޕްޓަން މުސްތަފާ މަންސޫރު އެއްވެސް ސަބަބަކާއި ނުލައި ވަޒީފާއިން ވަކިކުރުމާއި ގުޅިގެންނެވެ. މިކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް މޯލްޑިވިއަން ސީޕްލޭންގެ ޕައިލެޓުންނާއި އިންޖީނިއަރުންގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މިހާދަށް ލިޔެފައިވާކަމަށް ބުނާ ސިޓީއެއްގެ ކޮޕީ މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

މިކަމާއި ގުޅިގެން ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ މީޑިޔާ ޑިރެކްޓަރ މޫސާ ވަސީމް ވިދާޅުވީ މި ހަރަކާތުގައި މޯލްޑިވިއަން ސީޕްލޭންގެ ހުރިހާ ޕައިލެޓުން ބައިވެރިނުވާ ކަމަށާއި، މިކަމުގެ ސަބަބުން އެ އެއާލައިންގެ އޮޕަރޭޝަންތަކަށް އަސަރެއް ނުކުރާ ކަމަށެވެ. އަދި ގެނެވުނު އިންޓާނަލް ސްޓްރަކްޗަރ ބަދަލާއި މެދު ހިތްހަމަ ނުޖެހޭ ބައެއް ޕައިލެޓުން އުޅޭކަން އެ އެއާލައިންގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.