މަޖިލީހަށް ނުވެއްދުމުން އިޖާބަދިނީ މަޖިލިސް ރައީސާއި، އިދިކޮޅު 2 މެމްބަރުން!

މަޖިލީހަށް ނުވެއްދުމުން އިޖާބަދިނީ މަޖިލިސް ރައީސާއި، އިދިކޮޅު 2 މެމްބަރުން!

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2021 02:13
0

ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން އިއްޔެ ރައްތިޔުންގެ މަޖިލީހުގެ ކޮމިޓީގައި ބޭއްވި ބައްދަލުވުން އަޑުއަހަން ބޭނުންވި މީހުން މަޖިލީހަށް ނުވެއްދުމުން އެމީހުންގެ އަޑު އަހައި އެމީހުންގެ ޝަކުވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންނަށް ހިއްސާ ކުރައްވައިފިއެވެ.

މަޖިލީހަށް ނުވެއްދުމުން ފްލެޓްތަކުގެ މައްސަލާގައި އަޑު އުފުލައި ވާހަކަ ދައްކަމުންދާ ޖަމްއިއްޔާގެ އިސްބޭފުޅުންނާއި، އާންމު ރައްޔިތުން ހިމެނޭހެން މަޖިލިސް ކައިރީގައި މަޑުކޮށް އެބޭފުޅުންގެ ކަންބޮޑުވުން މަޖިލީހާއި އަދި ކަމާއި ގުޅުންހުރި އިދާރަތަކާއި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ. ނަމަވެސް އެކަމަށް އިޖާބަނުދީ އެއްވި މީހުން ގަދަހޫނުގައި ތިއްބައި މަޖިލީހުގައި ހިމެނޭ އިދިކޮޅު ދެ މެމްބަރުން ކަމަށްވާ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ އެބޭފުޅުންގެ ކައިރިއަށް ގޮސް ކަންބޮޑުވުންތައް އޮޅުން ފިލުވާފައެވެ.

އަދި އެބޭފުޅުންގެ ކަންބޮޑުވުންވުންތައް އެވަގުތު މަޖިލީހުގައި އިންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ހިއްސާ ކުރެއްވުމުން މަޖިލިސް ރައީސް އެބޭފުޅުންގެ ކަންބޮޑުވުން އަޑު އެއްސެވުމަށް އެބޭފުޅުންކައިރިއަށް ގޮސް ވާހަކަތައް އޮޅުން ފިލުވަން ބޭނުންވާކަމަށްވުނެ އެމީހުން މަޖިލީހަށް ވައްދައި މައުލޫމާތު އޮޅުން ފިލުވާފައެވެ.

މަޖިލީހުން އެބޭފުޅުންގެ ކަންބޮޑުވުން އޮޅުން ފިލުވުމުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އިދިކޮޅު މެމްބަރުންނަށާއި، މަޖިލިސް ރައީސަށް އެބޭފުޅުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އިއްޔެގެ ބައްދަލުވުމުގައި މަޖިލިސް ރައީސް ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން “ހިޔާ” މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ލިބުނު ފަރާތްތަކަށް އެކަން އެންގުމަށް ދައުލަތުން ދޫކުރި ލިޔުމަށް މި ސަރުކާރުންވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދުވަނީ ދައުލަތުގެ ނިޝާންޖެހި ލިޔުމެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ދީފިނަމަ އެލިޔުމެއްވާނީ އަގެއް ހުރި ލިޔުމެއްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ލިބުނުކަމަށް ކުރީ ސަރުކާރުން ލިޔުން ދިން މީހުންގެ ވާހަކަތަކަށް އިހުތިރާމް ކުރަންޖެހޭކަމަށެވެ. އެމީހުންގެ ހައްގުތައް ހޯދައިދިނުމަކީ ކުރަންޖެހޭކަމެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ކުރުމުގައި ފާއިތިވެދިޔަ ދެއަހަރުގެ ތެރޭގައި އެއްވެސް ކަމެއް ހާސިލް ކުރެވިފައިނުވާތީ ރައީސް ނަޝީދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ސަރުކާރުގެ ފްލެޓް ކޮމިޓީން އަލުން އިވެލުއޭޓްކޮށް ދާއިމީ ލިސްޓުތައް އިއުލާން ކުރިއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަކުވާކޮށްފައެވެ. އެކަމަކު، މި ސަރުކާޜުގެ ފްލެޓު ކޮމިޓީން ބުނެފައި ވަނީ، ފްލެޓު ލިބިފައި ވަނީ ހައްގު މީހުންނަށް ކަމަށެވެ. އަދި ފްލެޓު ނުލިބޭ މީހުންގެ ތެރޭގައި ފްލެޓު ހައްގުވާ މީހުން ވެސް ހިމެނޭ ކަމަށް ފްލެޓު ކޮމިޓީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.