އިދިކޮޅު މެމްބަރުން މަޖިލީހަށް ދަނީ ތިން އިރަށް ކާން: ރާޢީ

އިދިކޮޅު މެމްބަރުން މަޖިލީހަށް ދަނީ ތިން އިރަށް ކާން: ރާޢީ

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2021 01:45
0

ރައްޔިތުންގެ މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ އިދިކޮޅު މެމްބަރުން މަޖިލީހަށް ދަނީ ތިން އިރަށް ކެއުމަށް ކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ މަސައްކަތް ހުންނަ ގޮތާއި ގުޅޭގޮތުން ދައުލަތުގެ މިޑީޔާއިން ގެނެސްދޭ ޕްރޮގުރާމެއްގައި އިދިކޮޅު މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ 19 ވަނަ މަޖިލިސް ފެށީވެސް ތަފާތުވާނޭކަމަށް ބުނެ ކަމަށާއި، މިހާތަނަށް އެތަފާތު މަޖިލިސް ތެރެއިން ދައްކާފައިވާކަމަށެވެ. މަޖިލީހުގައި މިހާތަނަށް ކުރެވުނު ގިނަ މަަސައްކަތްތަކުން ރައްޔިތުންނަށް އެކަށީގެންވާ ފައިދާ އާއި މަންފާތަކެއް ކުރަމުންދާއިރު މިއީ އިދިކޮޅު މެމްބަރުންގެ މާބޮޑު ބައިވެރިވުމެއް އޮވެގެން ކުރެވުނު ކަންތައްތަކެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން މަޖިލީހަށް އަންނަނީ ހެދުނު ސަޔާއި، މެންދުރުގެ ކެއުމާއި، ހަވީރުގެ ސައި ބުއިކަމަށް ކަމަށާއި، އެނޫންކަމެއް މަޖިލިސް ތެރޭގައި އެބޭފުޅުން ކުރައްވާތަނެއް ނުފެންނަކަމަށެވެ. މަޖިލީހުގައި ކުރެވޭ މަސައްކަތްތަކާއި މަޖިލީހުގައި ނުކުރެވޭ މަސައްކަތްވެސް އެބޭފުޅުނަށް ނެގޭކަމަށް ވިދާޅުވެ ރާއީ ވިދާޅުވީ ދާދިފަހުން މަޑުއްވަރީ ދާއިރާގެ މެމްބަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅޭގޮތުން ހުށަހެޅި ޤަރާރަކީ ޤާނޫނެއްގެ ތެރެއިން އެފަރާތްތަކަށް މިހާރުވެސް އޭގެ މަންފާ ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ.

ނަމަވެސް މިފަދަ ގަރާރާއި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާއިރު މަޖިލީހުގައި މިކަންކަން ކުރެވުނުކަމެއްވެސް ނޭގެނީ މަޖިލީހަށް ހާޒިރުނުވެ، މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިނުވާތީކަމަށް އޭނާ ވިދާޅުވިއެވެ. ރާއީ ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮވެ ސަރުކާރު ޒިންމާދާރުކޮށް ވަޒީރުން މަޖިލީހަށް ހާޒިރުކޮށް، ކުންފުނިތައް ކޮމިޓީތަކަށް ހާޒިރުކޮށް ކުރެވޭ މަސައްކަތްތަކުން ރަނގަޅު ނަތީޖާތަކެއް ލިބެމުންދާކަމަށެވެ.

އަދި މިއަދު މި އޮތް ވެރިކަމުގެ ނިޒާމަކީ ރާއްޖޭގެ ތާރީހުގައިވެސް ނުދެކޭފަދަ ދެފުށްފެންނަ މިނިވަންކަމާއިއެކު ހިނގާ ނިޒާމެއްކަމަށެވެ. އެއްބާރުން އަނެއްބާރަށް އިހުތިރާމުކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ ވަރުގަދަ ރޫހެއް މިއަދު އެކުލެވިފައިވާކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

g gabOol
membarunge ihthisaas ah araigathumuge dhauvaa kuran kotah hushahalhan jehey. Konraaee eh onnanee
H Haaufaa
RAAEE ah majileehah nugos kaan nulibunas ehen meehun thibenee kai boi gen