ދައުލަތުގެ ނިޝާޖެހި ފްލެޓް ލިޔުމަކާއި ޚިލާފެއް ނުވެވޭނެ، ބަލައިގަންނަން ޖެހޭނެ: ނަޝީދު

ދައުލަތުގެ ނިޝާޖެހި ފްލެޓް ލިޔުމަކާއި ޚިލާފެއް ނުވެވޭނެ، ބަލައިގަންނަން ޖެހޭނެ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2021 03:53
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން "ހިޔާ" މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ލިބުނު ފަރާތްތަކަށް އެކަން އެންގުމަށް ދައުލަތުން ދޫކުރި ލިޔުމަށް މި ސަރުކާރުންވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމަށް ވަނުމަށް ދިޔަ އާންމުން އެ ކޮމިޓީއަށް ނުވެއްދުމުން އިހުތިޖާޖުކުރަން ފެށުމާއެކު، އެ އިހްތިޖާޖްގެ ބައިވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަތަކުގައެވެ. ރައީސް ނަޝީދުވަނީ ދައުލަތުގެ ނިޝާންޖެހި ލިޔުމެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ދީފިނަމަ އެލިޔުމެއްވާނީ އަގެއް ހުރި ލިޔުމެއްކަމަށެވެ.

އަޅުގަނޑަށް ފެންނަތަނުގައި އެއްވެސް ހާލަތެއްގެ ލިޔުމަކީ ދައުލަތުގެ ނިޝާން އިދެއްޖީއާ އެއީ ދައުލަތުގެ ލިޔުމެއް. އެޔަށް އިހްތިރާމް ކުރަން ޖެހޭނެ. އެޔަކާއި ހިލާފެއް ނުވެވޭނެ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ލިބުނުކަމަށް ކުރީ ސަރުކާރުން ލިޔުން ދިން މީހުންގެ ވާހަކަތަކަށް އިހުތިރާމް ކުރަންޖެހޭކަމަށެވެ. އެމީހުންގެ ހައްގުތައް ހޯދައިދިނުމަކީ ކުރަންޖެހޭކަމެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ކުރުމުގައި ފާއިތިވެދިޔަ ދެއަހަރުގެ ތެރޭގައި އެއްވެސް ކަމެއް ހާސިލް ކުރެވިފައިނުވާތީ ރައީސް ނަޝީދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި މިއަދު ރައީސް ނަޝީދު ލިޔުއްވި މެސެޖްގައި، ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒުނުވެ އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ނުވެ ދާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. ވެރިކަމަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެންދާއިރު، ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢުއެއް ނުފެއްޓި، ވެފައިވާ ވައުދެއް ތަންފީޒު ނުވާކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

ބޯހިޔާވަހިކަމުގެ ކަންކަން މިހެންދާން ދޫކޮށްލައިގެން ހުރެވޭކަމަށް އަޅުގަނޑަކަށް ނެތް. ދެ އަހަރުވެ ދިޔައިރު އެންމެ ހައުސިން ޕްރޮގުރާމެއްވެސް ނުފެށޭ. ސޮއިކުރެވުނީ ހަމައެކަނި އިންޑިޔާގެ އެސްއޯއީ އަކާއި. އިކޮނޮމިކް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީއަށް ވެސް ވާކަމެއްނެތް. ހައުސިން މިނިސްޓްރީ ދެ މިނިސްޓްރީއަށްވެސް ވީކަމެއްނެތް. މިނިސްޓާރ ފަޔާއަށް މިކަން އުމުދުން ނުވި. ދި މިނިސްޓަރ އަސްލަމް ހައްދަވަން އުޅުއްވާ ގޮތެއް ނޭގޭ.

– ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒުނުވެ، ނަޝީދުގެ ނުރުހުން ސަރުކާރަށާއި، އަސްލަމަށް

މި ސަރުކާރުގެ ފްލެޓް ކޮމިޓީން އަލުން އިވެލުއޭޓްކޮށް ދާއިމީ ލިސްޓުތައް އިއުލާން ކުރިއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަކުވާކޮށްފައެވެ. އެކަމަކު، މި ސަރުކާޜުގެ ފްލެޓު ކޮމިޓީން ބުނެފައި ވަނީ، ފްލެޓު ލިބިފައި ވަނީ ހައްގު މީހުންނަށް ކަމަށެވެ. އަދި ފްލެޓު ނުލިބޭ މީހުންގެ ތެރޭގައި ފްލެޓު ހައްގުވާ މީހުން ވެސް ހިމެނޭ ކަމަށް ފްލެޓު ކޮމިޓީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haaufaa
Bandaara naaibu vidhaalhuvee e ee buradhaneh hifeyne liyumeh noon kamah.maana alee e liyun libumakun fulet nulibeyne yey. ehen kamah vaanama voto hoadhan naannaathi. E liyun dheegai vanee fulet libin eynaa qh hagguvaathee.