ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި އައި ދިވެއްސެއް ހައްޔަރުކޮށްފި

ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި އައި ދިވެއްސެއް ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2020 09:10
0

ސީރިއާގައި ހިނގަމުންދާ ދަޚިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެއައި 34 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ވަނީ ހައްޔަރުކޮށްފި އެވެ.

މިމީހާގެމާބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ މިމީހާ ހައްޔަރުކޮށްފައިވާކަމަށް ޓްވީޓް ކުރައްވާފަ އެވެ.

މިމައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގް ކުރަމުންނެވެ.

ބޭރު ޤައުމުތަކަށް ހަނގުރާމައަށް ގޮސް ގިނަ އަދަދެއްގެ ދިވެހިން މަރުވެފައިިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މިދިޔަ އަހަރުގެ ތެރޭގައި އަފްޣާނިސްތާން ސަރުކާރުން ހައްޔަރުކުރި 243 އައިއެސް ހަނގުރާމަވެރިންގެ ތެރޭގައި ދިވެހިން ހިމެނޭކަމަށްވެސް އެ ޤައުމުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ހަރުކަށި ފިކުރު ފެތުރުމާއި، ބޭރު ޤައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި މިދިޔަ އަހަރުވެސް ރާއްޖެއިން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.

ޓެރަރިޒަމްގެ ހަރަކާތްތައް ރާއްޖެއިން ނައްތާލައި ކުރިމަތިވެފައިވާ ނުރައްކަލުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވަނީ ވިދާޅުވެފަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.