ޤިޞާޞް ހިފުމަށް ދެކޮޅު ހެދި މީހަކު ޕޮލިސް ބޯޑަށް އައްޔަންކުރެވިގެން ނުވާނެ

ޤިޞާޞް ހިފުމަށް ދެކޮޅު ހެދި މީހަކު ޕޮލިސް ބޯޑަށް އައްޔަންކުރެވިގެން ނުވާނެ

Author
މުޙައްމަދު ޝަޒައިމް
03 މާރޗް 2021 08:10
0

ޤިޞާޞް ހިފުމަށް ދެކޮޅު ހެދި ހޮޑައިދޫ ރައްޔިތަކު ޕޮލިސް ބޯޑަށް އައްޔަންކުރެވިގެން ނުވާނެ ކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ މެމްބަރުކަމަށް ހާމިދު ޢަބްދުލްޣަފޫރު ކަނޑައެޅުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ފާސްކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިކަމާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ ތަފާތުއެކި ތުހުމަތު ކުރެވޭ ބޭފުޅަކު ފުލުހުން ބޯޑަށް އައްޔަން ކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ.

ޚާއްސަކޮށް، އިސްލާމްދީނުގެ ކަނޑައެޅިފައިވާ ހުކުމްތަކާއި، ދެކޮޅަށް ވަކާލާތުކޮށް އެކަންކަމަށް އިންކާރު ކުރާ މީހަކު މުޖުތަމައުގެ އަމާންކަން ބަލަހައްޓާ މުވައްސަސާގެ އިސް މަޤާމަށް ގެނައުމަކީ ޒިންމާދަރުކަން ކުޑަ ކަމެއްކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ޕޮލިސް ބޯޑަށް ޝަރުބަތު ހިއްޕަވައިގެން ޔޫރިން ނުދީ ފިލައިގެން އުޅުނު ކަމަށް ތުހުމަތުކުރެވޭ ހޮޑައިދޫ ރަށްޔިތަކު އައްޔަންކުރަން އުޅުމަކީ އެއްވެސް ހާލަތެއްގައި ޤަބޫލު ކުރެވޭނެ ކަމެއްނޫން! އޭނާ ވަނީ ވޭތުވެދިޔަ ތަނުގައި ކަނޑައެޅިގެން ޤިޞާޞްގެ ހުކުމަށްވެސް ފާޅުގައި އިންކާރުކޮށްފަ.

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ފުލުހުންގެ ބޯޑަށް އައްޔަންކުރުމަށް ފާސްކުރި ހާމިދަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް ހދ.ހޮނޑައިދޫން ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ފުލުހުންނަށް ކުޑަކަމުދާ ތަކެތި ނުދިނުމަށް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.

މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައިވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައެވެ. އެ ޤާނޫނުގައި ވަނީ، ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށެވެ.

“ޕޮލިސް ބޯޑު”ގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސެއްޅި
ޒައިދު ކޮންމެ ވާހަކައެއް ދެއްކެވިޔަސް ކެނެރީ...ކެރަފާ މިއޮޑި ދުއްވާ ނަމަ ޙާމިދު ތިބޯޑަށް ނުލާނެ ހަމަ އެއްގޮތެއް ނޯންނާނެ. * ހިއެއްނުވޭ މިކޮމެންޓު ޖަހަން ކެރޭނެ ހެން.ބައެއް ނޫސްތައް ހުންނަނީ ގަނެފަ.