2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަޢުޤުވެރިކަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ.މުޙައްމުދު ވަޙީދު ޙަސަން މަނިކު ފާޅުކުރައްވައިފިއެވެ.
އެހުންތެރިންގެ ސުވާލުތަކަށް ހުޅުވާލައިގެން ދައުލަތުގެ މީޑިއާ، ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވީ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެޭވޭ ޙާލަތެއް އައިސފިނަމަ އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެމަނިކުފާނު ބަލައިގެންފިނަމަ އިންތިޚާބަުގައި ވާދަކުރައްވަން ޝަޢުގުވެރިވެވަޑައިގަންނަވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާކަމުން ވަޑައިިގެންނެވިފަހުން ސިޔާސީ ހަރަކާތްތަކުގައި ދުރުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެންފައެވެ. އަަދި އެމަނިކުފާނަކީ މިހާރު އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަުވެސްމެވެ.
ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އޮތްކަމަށް ޤަބޫލުކުރައްވަންތޯ އެހުންތެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، ޑރ.ވަޙީދު ވިދާޅުވީ، އިދކޮޅު ކޯލިޝަނުންގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންނަށް ވާދަކުރެއްވޭނެކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް އިންތިޚާބަށް ކުރިމަތި ނުލެވިއްޖެ ޙާލަތެއް އަތުވެއްޖެނަމަ އިދިކޮޅު ޕީޕީއެމް ޕީއެންސީން ނިންމާނީ ޤައުމަށް އެންމެ ރަނގަޅު ގޮތްކަމަށާއި، އެމަނިކުފާނު އިންތިޚާބަށް ކުރިމަތިލެއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށްވާނަމަ އެކަންވެސް ކުރައްވާނެކަމަށެވެ.
ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއް ނަމަ ޕާޓީން ނިންމާނީ ގައުމަށް އަދި ޕާޓީއަށްވެސް އެންމެ ރަނގަޅަށް. އެއެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު އެ މަގާމަށް ކުރިމަތިލުން ކަމަށް ވާނަމަ އެއީ އެންމެ ރަނގަޅު ގޮތް.
– ކުރީގެ ރައީސް ޑރ.މުޙައްމުދު ވަޙީދު ޙަސަން މަނިކު

ޑރ.ވަޙީދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ރައީސް ޔާމީން މިނިވަންވެ، އިންތިޚާބުގައި ވާދަކުރައްވަން ފުރުޞަތު ލިބިވަޑައިގަންނަވާނެކަމަށް ޕާޓިން ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ވާދަނުކުރެވިއްޖެނަމަ އިންތިޚާބުގައި ވަދަކުރައްވާނެ އެންމެ ރަނގަޅު ބޭފުޅެއް ނިންމާނީ ޕީޕީއެމް ޕީއެންސީންކަމަަށްވެސް ޑރ.ވަޙިދު ވިދާޅުވިއެވެ އަދި އެޙާލަތުގައި ޕާޓީގެ ތެރޭގައި ޕްރައިމަރީއެއް ބާއްވާނެކަމަށްވެސް ޑރވަޙީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ޤައުމަށް ޚިދުމަތްކުރައްވަންކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބަށް އިޝާރާތްކރައްވާ، ރައީސް ޔާމީން ނެތް ޙާލަތެއްގައި "މިނިކާ ބާޒުތަކެއް" ޕާޓިއަށް ވެރިވެގަންނަން އުޅުއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ވިދާޅުވުުމަށް ޑރ.ވަޙީދު ވިދާޅުވީ އެމަނިކުފާނަކީ އެފަދަ ބާޒެއް ނޫންކަން ޔަޤީންކޮށްދެއްވާފައިވާނެކަމަށް، 2013 ވަނަ އަހަރު އަމިއްލަފުޅު ޕާޓިގެ 10،000 މެންބަރުންނާއެކު ޕީޕީއެމްއަށް ސޮއިކުރެއްވި ކުރެއްވުމަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ.
ޑރ.ވަޙީދު މިހެން ވިދާޅުވެފައިވާއިރު، ދެންނަ އަނަން ރިޔާސީ އިންތިޚާބެއްގައި އިދިކޮޅުން ވާދަކުރާނީ ރައީސް ޔާމީންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ