އިމިގްރޭޝަން ޤާނޫނާ ޚިލާފަށް އުޅުމުގެ ސަބަބުން ރާއްޖެއިން ޑީޕޯޓުކޮށްލުމަށް ބަންދުކޮށްފައި ހުއްޓައި ފިލި ބިދޭސީ މީހާ ހޯދައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކޮމިޝަނަރ އޮފް ޕްިޮޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލާފައިވާ ބަންގްލަދޭޝް މީހެއްކަމަށްވާ އަސަނަރއާއި ގުޅޭގޮތުން އާންމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއި އެކު އޭނާ ހޯދައި، ރޭ ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ގެގެންގޮސްފައިވާކަމަށެވެ.
ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލާފައިވާ އަސަނަރ (ބަންގްލަދޭސް)އާއި ގުޅޭގޮތުން އާންމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއި އެކު ހޯދާ ވަނީ މިރޭ މި ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައި. https://t.co/5SLL9Hny8U
— Ahmed Mohamed (@ahumadhumohamed) February 27, 2021
ޢުމުރުން 32 އަހަރު އެފިރިހެން މީހާ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އޭނާއަށް ފިލުނީ ކިހިނެއް ކޮންގޮތަކަށްކަމެއް ކަރެކްޝަނަލް ސާވިސްއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އޭނާ އަކީ ރާއްޖޭގެ ޤާނޫނާއިު ޚިލާފްވެގެން ޑީޕޯޓްކޮށްލަން ނިންމާފައިވާ މީހެކެވެ.
ކޮމެންޓު ފޮނުވާ