ގދ. މަޑަވެލި ބޮއެ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި އަލިފާން ރޯވެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މަޑަވެލި ބިއެ ކައިރީގައި މަސްވެރިކަން ކުރަން އުޅުޅުނު "ކުރިމަގު" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 12:33 ހާއިރުކަމަށެވެ. އެ ހާދިސާގައި އެ ދޯނީގައި ހުރި ޢުމުރުން 53 އަހަރުގެ ފަޅުވެރިއެއްގެ އަތް ފިހި ހާލު ދެރަވެގެން އަވަސް ފަރުވާއަށް ކޮސްޓްގާޑުގައި ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އޭނާ ތިނަދޫއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 13:16 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މި އަލިފާނުގެ ޙާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ދޯނީގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. ނަމަވެސް މިހާރު އެ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އެދޯނީގައި ރޯވެފައިވަނީ ޕެޓްރޯލް ޕަންޕަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ