އާރްޔަން ޚާންގެ އިންސްޓްގްރާމް ފޮޓޯއަކާ އެކު އޭނާގެ ފޭނުން މޮޔަކޮށްލައިފި އެވެ.
މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންއަކީ، ހަމަ ސީދާ ޝާހްރުކްގެ ކޮޕީއެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އެހެންކަމުން ބައްޕަގެ ގިނަ ފޭނުންގެ ލޯބި އާރްޔަންއަށްވެސް ދަނީ ލިބެމުންނެވެ.
އޭނާގެ އިންސްޓްގްރާމުގައި އެތަކެއް ފޮލޮވާސްތިބެއެވެ. މީގެއިތުރުން އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ވަރަށް އަވަހަށް ވައިރަލްވެގެން ދެއެވެ. މިސާލަކަށް އެންމެ ފަހުންވައިރަލްވި އެއް ފޮޓޯ، އާރްޔަން، ޖޫހީ ޗަވްލާގެ ދަރިފުޅު ޖާންވީ އާއިއެކުގައި އައިޕީއެލް ބަލަން އިން ފޮޓޯ ފާހަގަކޮށްލެވެއެވެ.
އަރްޔަންގެ ނަމުގައި އިންސްޓަގްރާމުން ވެރިފައި ކޮށްފައިވާ އެކައުންޓްގައި 1.3 މިލިއަން ފޮލޯވަރުން އެބަތިއްބެވެ. ނަމަވެސް އެ އެކައުންޓް 2019 އިން ފެށިގެން އެކްޓިވް އެއް ނޫނެވެ. އަދި އާރްޔަންގެ ނަމުގައި ވެރިފައިނުކުރާ އެކައުންޓެއްގައި އޭނަގެ ވަރަށްގިނަ ފޮޓޯތަށް ގެންދަނީ އަޕްލޯޑްކުރަމުންނެވެ.
އާރްޔަންގެ ފޮޓޯތަކުގެ ތެރެއިން މިފަހަރު އެންމެނަށް ކަމުގޮސްގެން އުޅޭ ފޮޓޯގައި ފެނިގެންދަނީ އޭނާގެ ރައްޓެއްސަކާއި އެކުގައި މޫދަށް ގޮސް އުޅެނިކޮށެވެ. މި ފޮޓޯ މި ދެ އެކުވެރިންވެސް ތިބީ މަތިން އެއްޗެއް ނުލައެވެ. ނުވަތަ "ޝާރޓްލެސް" ކޮށެވެ.
އާރްޔަން ގެންދަނީ ސައުތު ކެލިފޯނިއާގެ ޔުނިވާސިޓީއެއްގައި ފިލްމް މޭކިން ކިޔަވަމުންނެވެ. ހަމަ މިއާއެކު އޭނާގެ ދައްތަ ދަނީ ނިއުޔޯކް ޔުނިވާސިޓީގައި ތައުލީމު ހާސިލު ކުރަމުންނެވެ.
އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޝާހްރުކް ބުނެފައިވަނީ އާރްޔާން ބޭނުންވަނީ ފިލްމްމޭކިން ކިޔަވައި ލިޔުންތެރިއަކަށް ވުމަށްކަމަށެވެ. އެހެންނަމަވެސް ސުހާނާ ބޭނުންވަނީ އޭނާގެ ބައްޕަ ފަދައިން ފިލްމީ ތަރިއަކަށްވުމަށެވެ. އާރްޔާން ބޮލީވުޑުން އަދި ފެނިގެން ނުދިއަ ނަމަވެސް އޭނާގެ މަޝްހޫރުކަމާއި، ފޭނުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.
ކޮމެންޓު ފޮނުވާ