ޕޯސްޓްމޯޓަމް ހެދުމަށްފަހު އުދައްޔުގެ ހަށިގަނޑު މާލެ ގެނެސްފި

ޕޯސްޓްމޯޓަމް ހެދުމަށްފަހު އުދައްޔުގެ ހަށިގަނޑު މާލެ ގެނެސްފި

Author
މުޙައްމަދު ޖިމީ
18 ފެބްރުއަރީ 2021 08:38
0

ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީގައި މަރާލި  ގއ.މާމެންދޫ ލީލީ އޮފް ދެވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސްފިއެވެ.

އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އުދައްޔުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ ޓްރިވެންޑްރަމްގެ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައެވެ.

އުދައްޔުގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 5 މީހެކެވެ. ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި 2 މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާދީފައިވާއިރު، އަނެއް މީހާގެ ބަންދަށް ޖަހާދީފައިވަނީ 2 ދުވަސްކަމަށެވެ. އެއީ މިމައްސަލާގައި ފުރަތަމަ ހައްޔަރު ކުރި ތިން މީހުންނެވެ. އޭގެ ފަހުންވެސް ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ.

މާމެންދޫގައި ހިންގި މާރާމާރީއެއްގައި މަރާލި އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4 ނުވަތަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ބުނެފައިވެއެވެ. ޢުމުރުން 17 އަހަރުގެ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ.އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.